ފްލައިޓުން މުދާ ބަލަނިކޮށް ކޮންޓެއިނަރއެއް ވެއްޓި، މީހަކަށް އަނިޔާވެއްޖެ
ދެންމެ | 16 އޯގަސްޓް 2022

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފްލައިޓަކުން މުދާ ބަލަނިކޮށް ކޮންޓެއިނަރއެއް ވެއްޓި، މީހަކަށް އަނިޔާވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ދުބާއީން ރާއްޖެ އައި އީކޭ ފްލައިޓުން ކާގޯ މުދާތައް ބާލަނިކޮށެވެ.

މިހާދިސާގައި އަނިޔާވި މުވައްޒަފަށް ފަރުވާ ދޭން މިހާރު ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނޭނގެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.

އެމްއޭސީއެލްއިން އިން ބުނީ، އެ ކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ އެަރޕޯޓްޓަކަކީ ބައިނަލްއަގުވާމީ މިންގަނޑުން ހިންގާ ތަންތަން ކަމަށްވާތީ ރާއްޖޭގައި އެއަރޕޯޓްތަކުގައި އެކްސިޑެންޓްތައް ހިންގުމަކީ ވަރަށް ނާދިރުކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!