ކުރީގެ ނޫސްވެރިޔާ ނަސީރު ބަންދަށް އިތުރު ތިން ދުވަސް ދީފި
ދެންމެ | 17 އޯގަސްޓް 2022

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތަހުގީގަށް ހައްޔަރު ކޮށްފައިވާ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހިމްގެ ބަންދަށް އިތުރު ތިން ދުވަސް ދީފި އެވެ.

ނަސީރު ހައްޔަރު ކުރީ ޖުލައި 29 ވަނަ ދުވަހުގެ މެންދުުރު ފަހު އެވެ. އޭނާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.

އޭނާގެ ބަންދަށް އެންމެ ފަހުން އިތުރުކުރި މުއްދަތު ހަމަވުމުން އިއްޔެ ވަނީ ބަންދު މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންގޮސްފައެވެ. ކޯޓުން ވަނީ ނަސީރަށް ދައުވާ ކުރުމާމެދު ގޮތް ނިންމަން އަންގާ ބަންދުގެ މުއްދަތު ތިން ދުވަހަށް އިތުރުކޮށްދީފައެވެ.

ނަސީރުއާ އެހެން މީހަކު ޖިންސީ ގުޅުން ހިންގާ ވީޑިއޯއެެއް އާންމުވީ ބަންގަލްދޭޝްގެ އުމުރުން 25 އަހަރުގެ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ ޒުވާން ފިރިހެނަކާއެކު ދިވެހީންގެ ބަޔަކު ޖިންސީ ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެފައި ވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!