މިފަހަރުގެ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ”ޗޫސްކުރަންވެސް“ އޮތް ހަމައެކަނި ކެންޑިޑޭޓަކަށް ހުރީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކަމަށާއި ހުރިހާ ރައްޔިތުން ޖާބިރަށް ވޯޓު ދިނުމަށް އޭނާ އެދިވަޑައިގެންފި އެވެ.
މިއަދު ބޭއްްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ވާހަކަދައްކަވަން ފަށަމުން ފުރަތަމަވެސް ޖާބިރު ވިދާޅުވީ، މިއީ ވަރަށް ބަނަ ދުވަހެއް ކަމަށާއި“ އޭޒް ޔޫޝުއަލް ޑޭ އެއް ނޫން“ ކަމަށެވެ. އެއީ ރާއްޖޭގައި ހުއްދަކުރަން ނުޖެހޭކަންކަން އެމްޑީޕީ ސަރުކާރުން ހުއްދަކުރަމުން ދާތީ ކަމަށް ޖާބިރު ވިދާޅުވި އެވެ.
އޭނާއަކީ 2023ގައި ވެރިކަމަށް ކުރިމަތިލައްވަން ހުންނެވި ކެންޑިޑޭޓެއްކަން ފާހަަގަކުރައްވާ ޖާބިރު ވަނީ، ރައްޔިތުންނަށް ޗޮއިސްއަކަށްވެސް އޮތީ ޖާބިރު އެކަނިކަން ގަބޫލުކޮށް ހުރިހާ ރައްޔިތުން އޭނާއަށް ތާއީދުކުރުމަށް އެދިފަ އެވެ.