މީޑިއާނެޓު އޮފީހަށް ގުރޫޕަކުން ވަދެ މީހަކަށް ހަމަލަދީ ޒަހަމުކޮށްލައިފި
ދެންމެ | 18 އޯގަސްޓް 2022

އޯކިޑުމަގުގައި ހުންނަ މީޑިއާނެޓު އޮފީހަށް ބަޔަކު ވަދެ މީހަކު ޒަހަމުކޮށްލައިފި އެވެ.

ހަމަލާދިނުމުން ޒަހަމުވި މީހާއަށް މިހާރު ދަނީ އޭޑީކޭގައި ފަރުވާދެމުން ނެވެ.

މީޑިއާނެޓު އޮފީހަށްވަދެ މީހަކު ޒަހަމުކޮށްލާފައިވާކަމުގެ ރިޕޯޓު 17:48 ގައި ލިބިފައިވާކަމާއި ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ބުނުން ފިޔަވައި އިތުރު މައުލޫމާތެއް މިކަމާއި ގުޅިގެން، ފުލުހުން ނުދެއެވެ.

އެތަނުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، އަނިޔާވި މީހާއަށް ލިބިފައިވަނީ ކިހާވެރެެއްގެ އަނިޔާއެއްކަން އަދި ސާފެއްް ނުވެއެވެ.

މިދިޔަ ހޯމަ ދުވަހުވެސް މާލޭމަގުނަތީގައި ވަނީ މާރާމާރީއެއް ހިންގައި ދެމީހަކު ޒަހަމުކޮށްލާފަ އެވެ. އެ ސަރަހައްދުގައި ހުރި މީހަކު އެދުވަހު ބުނީ، ގުރޫޕަކުން އައިސް މަގުގައި ތިބި ބަޔަކާއި މާރާމާރީ ހިންގީ ކަމަށާއި، މާރާމާރީގައި ދަގަނޑު ބުރި އާއި ލަކުޑިބުރި ފަދަ ތަކެތި ބޭނުން ކޮށްފައި ވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!