ރައީސް އޮފީހުގެ އިސް ތަރުޖަމާނަކަށް މިއުވާން ހަމަޖައްސައިފި
ދެންމެ | 24 އޯގަސްޓް 2022

ރައީސް އޮފީހުގެ އިސް ތަރުޖަމާނަކަށް ފޮރިން މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް ޑައިރެކްޓަރުގެ މަގާމުން މިފަހުން އިސްތިއުފާ ދެއްވި މުހައްމަދު މިއުވާން ހަމަޖައްސަވައިފި އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް ޑައިރެކްޓަރު ކަމުން މިއުވާން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް އެމަގާމަށް މިހާރުވަނީ އެމްޑީޕީގެ އެކްޓިވިސްޓް ސަފާތު އަހުމަދު ޒާހިރު އައްޔަންކޮށްފަ އެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމަށް މިއަދު މިއުވާން ހަމަޖައްސާފައި މިވަނީ، އިއްޔެގެ ވަގުތެއްގައި އެ މަގާމުގައި ހުރި މަބްރޫކް އަޒީޒް އިސްތިއުފާ ދެއްވާފައިވަނިކޮށެވެ. އަނބިކަަބަލުންނާއިއެކު ތައިލެންޑުގައި ޗުއްޓީގައި ހުންނަވާ މަބްރޫކް އިސްތިއުފާގެ ސިޓީ އިއްޔެ ރައީސް ސޯލިހަށް ފޮނުވިއިރު، އޭނާ އިސްތިއުފާ ދެެއްވި ސަބަބެއް ސާފެއް ނުވެ އެވެ.

މަބުރޫކް ރައީސް އޮފީހުގެ އިސްތަރުޖަމާނަކަށް ހަމަޖެއްސެވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެތެރޭގައެވެ. މަބްރޫކު ހުންނެވި މަގާމަށް، މިއުވާން ހަމަޖެއްސެވިއިރު، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު ވެސް ވަނީ އެމްޑީކަމުން މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއްވެސް ސާފެއް ނުވެއެެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!