ފަރު ޖޫރިމަނާއަށް ކަނޑާފައި ބުރިޖަށް ދޭންޖެހޭ ލާރިއެއް ނޯންނާނެ: ތޯރިގް
ދެންމެ | 24 އޯގަސްޓް 2022

ބްރިޖަށް ހިނގި ޚަރަދާއި ޖޫރިމަނާގެ އަދަދު ޖެހީމައި، ދިވެހި ސަރުކާރުން އެއްޗެއް ދައްކަން އޮންނާނެކަމަށް ނުބެލެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ޠާރިޤް، ޓޮމް ވިދާޅުވެއްޖެއެވެ.

މާލެ އާއި ވިލިމާލެ ގުޅުވާލަން އަޅާ ބްރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް މިމަހުގެ 16 ވަނަދުވަހު ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ނަގާނެ ކަމުގެ ޔަގީންކަން، ބުރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން ދީފައިވާ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭ އިން ވަނީ ބުނެފައެވެ.

މި މައްސަލާގައި ވިލިމާލެ ފަރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށްބުނެ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާ ތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރުވެސް އީޕީއޭއިން މިކަމުގައި ކަންބޮޑުވުން ފާޅުކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން މިކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައި އެފްކޮންސް އަށާއި އީޕީއަށް އަމާޒު ކުރައްވާ ޠާރިޤް ވިދާޅުވީ، ”‏ އެފްކޮން މީހުންނަށް ދަންނަވާލަވަބަލަ، ތިޔަ ޕްލެޓްފޯމް ނުނެގިޔަސް ދެންހެވޭ. ވާނެ ގެއްލުމެއް ވެއްޖެޔޭ. އީޕީއޭވެސް އިތުރަށް ތިތަން އެސެސްކުރަން ނުހައްދަވާ“ ޠާރިޤް ވިދާޅުވިއެެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!