އިންސާފު ހޯދަން ކަމަށް ބުނެ، އަނިޔާ ކުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުުލުހުން ދީފި
ދެންމެ | 24 އޯގަސްޓް 2022

އިންސާފު ހޯދުމަށްކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު ގާނޫނުތަކާ ހިލާފު އަނިޔާވެރި އަމަލުތައް ހިނގުން ހުއްޓާލުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

އެ މުއައްސަސާ ގެ ކަންބޮޑުވުން ޓުވިޓާގައި ހިއްސާކުރަމުން ބުނެފައިވަނީ، ކުށްތަކުގައި ތުހުމަތުވާ މީހުންނާ މެދު ކޯޓުތަކާއި ގާނޫނު ތަކުގެ ބޭރުން، ރައްޔިތުން އަމިއްލައަށް ނިޔާ ކަނޑައަޅައި އަދަބު ދިނުމަކީ މުޖުތަމައުގެ މަސްލަހަތު ގެއްލި ހިނގައިދާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ އަމަލުތަކުން ދުރުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އިންސާފުގެ ނަމުގައި އަމިއްލަ އަށް ގޮތް ކަނޑައަޅައި އަނިޔާވެރިވުމަކީ ކުށެކެވެ. އެފަދަ މިފަދަ ކުށްތައް ކުރާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ގަނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ވެސް އެ މުއައްސަސާއިން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!