ތަސްމީނަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ދެންމެ | 25 އޯގަސްޓް 2022

ދިވެހި ރާއްޖެއިން، ރިޕަބްލިކް އޮފް ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ހ. ރުވާމާގެ، އަހްމަދު ތަސްމީން އަލީ މިއަދު އައްޔަނުކުރައްވައި، އެމަނިކުފާނަށް ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ތަސްމީން އަލީއަށް ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ފަތްކޮޅު ދެއްވ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ތަސްމީން އަކީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ވޯރިކްއިން އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު މީގެ ކުރިން ފުރުއްވާފައިވާ މުހިއްމު ބައެއް މަގާމްތަކުގެ ތެރޭގައި، މިނިސްޓަރު އޮފް ހޯމް އެފެއާޒްގެ މަގާމާއި މިނިސްޓަރު އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު ހިމެނެއެވެ.

ރާއްޖޭގައި ދެވަނައަށް އުފެދުނު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރުކަންވެސް ވަރަށް ދިގު މުއްދަތަކަށް ކުރެއްވިއެވެ. 2008 ވަނަ އަހަރު ރައީސް މައުމޫންގެ ރަނިންމޭޓަކީވެސް އެމަނިކުފާނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!