މަރުގެ އިންޒާރު ދޭކަމުގެ ތުހުމަތު މުސްތަފާއަށް ކޮށްފި
ދެންމެ | 26 އޯގަސްޓް 2022

ހަސަދަވެރިން ބޭޒާރުވާނެ ދުވަހެއް އަންނާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާތް ބޭފުޅެއް ކަމަށްވާ އަހުމަދު މުސްތަފާ އަދުރޭ އަށް މަލާމާތްކޮށް ރޭ ކުރެއްވި ޓްވީޓެއްގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން މުސްތަފާ ކުރެއްވި ޓްވީޓުގައި ވަނީ މުސްތަފާއާ ދިމާލަށް ”ޓިނު އަދުރޭ“އޭ ގޮވާފަ އެވެ.

މުސްތަފާ އަކީ މުލިއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް ކަމަށްވާއިރު އަދުރޭއަށް މަލާމާތްކޮށް އޭނާ ކުރެއްވި ޓްވީޓް މިހާރު ވަނީ ޑިލީޓްކޮށްލާފަ އެވެ.

އެ މައްސަލައާ ގުޅިގެން ޕީޕީއެމް-ޕީއެންސީގެ ވަޓްސްއެޕް ގްރޫޕްގައި ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާއިރު އަދުރޭ ދަރިކަލުން އިބްރާހިމް ފައިސަލް އެ ގްރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ މުސްތަފާ މީހުން ލައްވާ ގުޅުވައިގެން މަރުގެ އިންޒާރު ދިނުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ބުނެފަ އެވެ.

އެ މެސެޖާއި ގުޅިގެން އަދުރޭ ވިދާޅުވީ ކެތްތެރިވުމަށް އެދޭ ކަމަށާއި މި ދުވަސް ވެސް ހިނގައިދާނެ ކަމަށެވެ. އަދި މާތްﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު ކަމަށާއި މަކަރުވެރިންނާއި ހަސަދަވެރިން ބޭޒާރުވާނެ ދުވަހެއް އަންނާނެ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

”މިއަށް ވުރެ މާ އުނދަގޫ ދުވަސްތައް މާޒީވެއްޖެ.“ އަދުރޭ ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުސްތަފާގެ ޓްވީޓާއި ގުޅިގެން ޕީޕީއެމް އާއި ޕީއެންސީގެ އިސް ލީޑަރުންނާއި ޔާމީން ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!