ޔާމީން އަރިސް މުސްތަފާ އަނެއްކާ ވެސް ޓިނާއި ހިސާބު އިލްމުން އަދުރޭއަށް ޖޯކް ޖަހައިފި
ދެންމެ | 04 ސެޕްޓެމްބަރ 2022

ރައީސް ޔާމީންގެ ޗީފް އޮފް ސްޓާރފް އަހުމަދު މުސްތަފާ އަނެއްކާ ވެސް ޕީއެންސީގެ ރައީސް އަބުދުއްރަހީމަށް ވަރަށް ބޮޑަށް ޖޯކް ޖައްސަވައިފި އެވެ.

މުސްތަފާ ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ ތޭވީސް މިލިޔަނުން ހިސާބު ޖަހައިގެން ޖެހި ޓިނު ގަނޑަކުން ޖަހައި މުޅި ސަރުކާރު ދުންކާލި ބުރުވާލާފައިވާ ކަމަށެވެ.

“ 23 މިލިޔަނުން ހިސާބު ޖަހައިގެން ހޯދި  ޓިނުގަނޑަކުން ޖަހައި މުޅި ސަރުކާރު ދުންކާލި ބުރުވާލައިފި! ތަރައްގީގެ ހިސާބު ޖަހަން އަދިވެސް މޮޅުވާނީ މިޕާޓީ ކުދިން.“ މުސްތަފާ ޓުވީޓުގައި ވެއެވެ.

ޓިނު އަދުރޭ އާއި އަދުރޭ ހިސާބަކީ ޕީއެންސީގެ ރައީސް އަބުދުއްރަހީމަށް ޖޯކް ޖެހުމަށް އާއްމުކޮށް ޕީޕީއެމާއި އިދިކޮޅު ސިޔާސީ މީހުން އަދުރޭއަށް މަލާމާތް ކުރުމަށް ދައްކާ ވާހަކަތަކެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!