ޕީޖީ އޮފީހުން ރައީސް ޔާމީންގެ ޝަރީއަތަށް ދާންވީ ޝަމީމް: އަމްރު
ދެންމެ | 09 ސެޕްޓެމްބަރ 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ޝަރީއަތުގައި ޕްރޮސެކިއުޓާރ ގެނެރަލްގެ އޮފީހުން، ޕީޖީ ހުސައިން ޝަމީމް ހާޒިރުވެ ހުންނެވުން މުހިންމުކަމަށް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދިއަ ވަގުތު، ޕީޖީ އޮފީހުގެ ފަރާތުން ހާޒިރުވެތިބި ވަކީލުންތަކެއް، ޝަރީއަތުގެ މަޖިލީހުގައި ސަކަރާތްޖަހައި، ރައީސް ޔާމީނަށާއި، ގާޒީއަށްވެސް އިހުތިރާމް ކުޑަވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް އިޝާރާތްކުރައްވާ އަމްރުވަނީ، އެކަމާއި ކަންވޮޑުވުން ފާޅުކުރައްވާފައެވެ.

އަމްރު ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތަކީ، ކުރީގެ ރައީސްއެއްގެ ޝަރީއަތް ކަމަށެވެ. އަދި އޭގެ އިތުރުން އެ ޝަރީއަތަކީ، ރާއްޖޭގެ ތާރީހުގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކުރެވޭ ޝަރީއަތް ކަމަށްވުމުން، ކޮންމެ ކޮންމެ ވަކީލެއްގެ ބަދަލުގައި، ސީދާ ޕީޖީ ޝަމީމު އެ ޝަރީއަތުގައި ޕީޖީ އޮފީހުގެ ފަރާތުން ހާޒިރުވުން މުހިންމުކަމަށް އަމްރު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!