އައި ރުޅީގައި ހުރިހާ ސާމާނެއް ހިޔާ ފުލެޓަކުން މަގުމައްޗައް އުކާލައިފި
ދެންމެ | 11 ސެޕްޓެމްބަރ 2022

ހިޔާ ފުލެޓްގެ 4 ވަނަ ތަވަރުގެ 17 ވަނަ ފަންގި ފިލާގައި ހިނގި ހަމަނުޖެހުމެއްގައި ގިނަ އަދަދެއްގެ އެއްޗެހި މަގުމައްޗަށް އުކާލުމުން މަގުމަތީގައި ޕާކުކޮށްފައި ހުރި ވެހިކަލް ތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ ހިޔާ ފުލެޓްގެ 4 ވަނަ ޓަވަރު ކައިރީގައި ޕާކްކޮސްފައި ހުރި ވެހިކަލްތަކަށް ގެއްލުން ލިބިފައިވާ ކަމުގެ ރިޕޯޓް މިއަދު މެންދުރު 12:53 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ.

އެޓަވަރުގައި ދިރިއުޅޭ ފަރާތަކުން މަޢުލޫމާތު ދެމުންބުނީ ބޭރުބަލާލީ އަޑުގަދަވެގެން ކަމަށެވެ. އެވަގުތު މަތިން މަގުމައްޗާއި ވީ ދިމާއަށް މަތިން ގަސްއިންދާ ޕޮޓާއި ޑަބިޔާ ފަދަ ސާމާނު ފައިބަމުންދާކަމަށެވެ.

މަތިން އުކާލި ބައެއް އެއްޗެހި މަގުމެދުގައި ހުރި އިރު ޕާކު ކޮށްފައިވާ ކާރަކާއި ޕިކަޕެއްގެ ބިއްލޫރިގަނޑުވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!