ސިޔާމަކީ ރިޔާސީ ރޭހްގައި ހުރި އެންމެ ރީތި ކެޑިޑޭޓް، އަންހެނުން ވޯޓް ދޭނެ: މައުރޫފް
ދެންމެ | 13 ސެޕްޓެމްބަރ 2022

އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އެންމެ ރީތި ސްމާޓް ކެޑިޑޭޓަކީ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ކަމަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރ މައުރޫފް އަހުމަދު ވިދާޅުވެއްޖެ އެވެ.

މައުރޫފް ވިދާޅުވީ އިންތިހާބުތަކުގައި މީހާގެ ރީތި ކަމަށް ވެސް ވަރަށް ގިނަ ބޭފުޅުން ވޭޓްދޭ ކަމަށާއި އެއީ އެބޭފުޅުން ލިބިގެން ގޮސްފައިވާ އެންމެ ބޮޑު ޕްލަސް ޕޮއިންޓް ކަމަށެވެ.

އޭނާ ވިދާޅުވީ 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ޑރ. ހަސަން ސައީދަށް 25000 ވޯޓް ލިބިވަޑައިގެންނެވި ކަމަށާއި އެންމެ ބޮޑު ސިއްރަކީ ޑރ. ހަސަން ރީތި ވުން ކަމަށެވެ.

“އަޅުގަނޑު ކައިރީ އެތައް އަންހެން ކުދިންނެއް ބުނި ޑރ. ހަސަން އަށް ވޯޓް ދިނީ އޭނާ ރީތި ކަމުންނޭ.“ މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ އެމެރިކާގެ ރައީސް ކްލިންޓަނާއި އޮބާމާއަށް ވެސް ވޯޓް ލިބިވަޑައިގެންނެވުމުގައި އެބޭފުޅުންގެ ރީތިކަން ބޮޑު ހިއްސާއެއް އަދާ ކޮށްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!