ރައީސް ނަސީދު އަހަރެންނާއި ވަރަށް ބެހޭ ހިތް ވާނެ: ރޮޒައިނާ
ދެންމެ | 01 އޯގަސްޓް 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޓީމުގެ ވަރުގަދަކަން ފެނިފައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި ”ބެހި ނުލާ“ ނުހުރެވޭ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އައްޑޫ މީދޫ ދާއިރާގެ ގޮނޑިއަށް ރޮޒައިނާ ގެނައުމަކީ ކުރެވުނު ވިޔާނުދާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ރޮޒައިނާ ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ، މީދޫ އާއި މަރަދޫފޭދޫގައި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ހަރަކާތްތައް ފަތުއަޑު ކިޔާފައި ބާރަށް ކުރިއަށް ދާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ރައީސް ސޯލިހު އެ ދާއިރާ ބޮޑުކޮށް ނަގާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

”އެހެންވީމަ ރައީސް ނަޝީދަށް އަޅުގަނޑާ ބެހިނުލާ ހަމަ ނުހުރެވެނީ! މި ޓީމްގެ ވަރުގަދަކަން ފެނިފަ!“ ރޮޒައިނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާ އެކު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި، މަރަދޫ ޖަގަހައިގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، ޕާޓީއަށް ގިނަ މީހުން ވަނުމުން ގިނަ ބައެއްގެ މަޝްވަރާއާ އެކީގައި ރަނގަޅު ކަންތައްތައް ފެންނަ ކަމަށެވެ.

 

”އެހެން ނަމަވެސް މި ވީގޮތަކީ، ހަމަ އަހައްމައިދީ އަރިހުގައި އަޅުގަނޑު ނަންގަނެގެން މި ހޮވައިދިން ތިޔަބޭފުޅުންގެ ދާއިރާގެ އިއްޒަތްތެރި މެމްބަރު ރޮޒައިނާ އާދަމް. އެއީ އަޅުގަނޑުމެން ދެ މީހުން ކުރި ވިޔާނުދާ ކަމެއް،“ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!