ޔަހޫދީން ވަނީ މަޝްވަރާ ކުރާ މީހާ އަވަހާރަކޮށްލާފަ، ދެން މަސްވަރާ ނުކުރާނެ، މިހާރު މިހުރީ ނިއުކްލިއަރ ބޮން އުފައްދާ މީހާ: މުޖްތަބާ ޚާމަނާއީ
ދެންމެ | 11 މާރޗް 2026

އީރާންގެ ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއި އިޒްރޭލާއި އެމެރިކާއަށް ވަރަށް ވަރުގަދަ އިންޒާރެއް ދީފި އެވެ،

މުޖުތަބާ ހާމަނާއީ ގެ މި އިންޒާރަކީ ކުރިޔަށް އޮތް ތަނުގައި އިޒްރޭލާއި އެމެރިކާއަށް އޮތް ވަރަށް ބޮޑު ބިރުވެރި ކަމަކަށް ވެދާނެ އިންޒާރެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

އޭނާ ޔަހޫދީންނަށް މި އިންޒާރު ދެއްވީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފަރާތްތަކާއެކު ވެފައިވާ ހުރިހާ އެއްބަސްވުންތަކެއް އުވާލުމަށް ނިމުމަކަށް ގެނައުމަށް ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.

“އެމީހުން (ޔަހޫދީން) ވަނީ މަޝްވަރާ ކުރަމުންދިޔަ މީހާ (ކުރީގެ ސުޕްރީމް ލީޑަރ އަލީ ޚާމަނާއީ) އަވަހާރަކޮށްލާފަ… އެހެންކަމުން މިހާރު މިވަނީ ބޮން އުފައްދާ މީހާ ( މިހާރުގެ ސުޕްރީމް ލީޑަރ މުޖުތަބާ ޚާމަނާއީ) އައިސްފައި،” އޭނާ ވިދާޅުވިއެވެ.

މުޖުތަބާ ޚާމަނާއީ ވިދާޅުވީ ނިއުކްލިއާ ހަތިޔާރު އަތުގައި ބެހެއްޓުމަކީ އީރާނުގެ މިނިވަންކަމާއި ސިޔާދަތާ ގުޅިފައިވާ ހައްގެއް ކަމަށެވެ. އަދި މިއީ އެއްވެސް ފަރާތަކާއެކު މަޝްވަރާ ކުރެވޭނެ މައުޟޫއެއް ނޫން ކަމަށްވެސް އޭނާ ވަނީ ކަނޑައަޅުއްވާފައެވެ.

މި ނިންމެވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުޖުތަބާ ޚާމަނާއީ ވަނީ ކުރިން މަޝްވަރާގެ މޭޒުގައި ތިއްބެވި ބޭފުޅުން އަވަހާރަކޮށްލާފައިވާކަން ފާހަގަކުރައްވާފައެވެ.

މި ބަދަލާއެކު ބައިނަލްއަގުވާމީ މުޖުތަމައުން އީރާނާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ސިޔާސީ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ހާއްސަކޮށް ހުޅަނގުގެ ގައުމުތަކުން މީގެ ކުރިން ކުރަމުންދިޔަ މަޝްވަރާތައް މިހާރު ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!