ދަަރަވަންދޫ އެއާޕޯޓް ޓާމިނަލް ތަަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި
ދެންމެ | 01 އޭޕްރިލް 2026

ބ. ދަަރަވަންދޫ އެއާޕޯޓް ޓާމިނަލް ތަަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި އެވެ.

މިކަމަށްޓަކައި މިއަދު ދަރަވަންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއެވެ.

މި ރަސްމިއްޔާތުގައި ހިތަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ސިރުހާންއާއި، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސްއާއި، ޑީއެމްޑީ އަލީ ސަލީމުގެ އިތުރުން އެކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ދަރަވަންދޫ އެއާޕޯޓުގެ އާ ޓާމިނަލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ދައްކުވައިދޭ ފަދަ ޒަމާނީ ފަރުމާއަކަށެވެ. މި ޓާމިނަލްއާއެކު އެއާޕޯޓުގެ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެއެވެ. އެގޮތުން ޖާގަ ތަނަވަސް އެރައިވަލް ހޯލަކާއި، ސެލްފް ސާވިސް ކިއޮސްކްތަކާއި، ތިން ގޭޓު ހިމެނޭނެ އެވެ.

މީގެ އިތުރުން، އެއްފަހަރާ 175 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މި ޓާމިނަލުގައި، 75 މީހުންގެ ޖާގަ ހިމެނޭ ލައުންޖަކާއި، ކުޑަކުދިން ބެލެހެއްޓުމަށް ހާއްސަ ”ބޭބީ ކެއާ: ފެސިލިޓީއެއް ވެސް ހިމެނެ އެވެ. އަދި ތިން ގޭޓާ އެކު އެއް ފަހަރާ ތިން މަތީންދާބޯޓަށް ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.

މިހާރު ވެސް އެ އެއާޕޯޓްގައި 99 މުވައްޒިފުން މަސައްކަތް ކުރެ އެވެ. އަލަށް ގެނެވޭ ބަދަލާއެކު އިތުރު ވަޒީފާތައް ވެސް އުފެދޭނެ އެވެ.

ދަރަވަންދޫ އެއާޕޯޓަކީ ޑޮމެސްޓިކް އެއަރޕޯޓްތަކުގެ ތެރެއިން އެންމެ ބާރު ބޮޑު އަދި ފައިދާގައި ހިންގޭ އެއާޕޯޓެވެ. އެ އެއާޕޯޓަށް ދުވާލަކު އަށް ފްލައިޓް ޖައްސަ އެވެ. މޯލްޑިވިއަން އިން އެކަނިވެސް ދުވާލަކު ހަތަރު ފްލައިޓް އޮޕަރޭޓް ކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!