ބޯހިމެނުމަށް މައުލޫމާތު ނުދޭނަމަ ޖޫރިމަނާކޮށް ގާނޫނީ ފިޔަވަޅު އަޅާނަން: އެންބީއެސް
ދެންމެ | 18 ސެޕްޓެމްބަރ 2022

ބޯހިމެނުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު މައުލޫމާތު ދޭން އިންކާރު ކުރާނަމަ އެ މީހަކާ މެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ އިހުތިޔާރު ވެސް ލިބިގެންވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ”ފަލަސުރުޚީ“ ގައި ވާހަކަދައްކަވަމުން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހަސަން ވިދާޅުވީ މިހާރު ކުރިއަށްދާ ބޯހިމެނުމުގެ ހަރަކާތަކީ ވަރަށް މުހިންމު ހަރަކާތެއް ކަމަށެވެ. އެގޮތުން، ބޯހިމެނުމަށް ލިބޭ މައުލޫމާތުތަކުގެ އަލީގައި ޕޮލިސީތައް ހެދުމަށާއި ދިރާސާތައް ކުރުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ރަށްތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ވެސް ބޯހިމެނުމުގެ މައުލޫމާތު މުހިންމުކަން ފާހަގަކުރައްވައި އައިޝަތު ހަސަން ވިދާޅުވީ ބޯހިމެނުމަށް ދޭ މައުލޫމާތަކީ ރޭވުމުގެ މަރުހަލާއަށް ވެސް ބޭނުންތެރި މައުލޫމާތުތައް ކަމަށާއި އެއީ ވަކިވަކި ފަރުދުންނަށް ވެސް މުހިންމު މައުލޫމާތެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!