ފޮނަދޫން ފެން ކެނޑި 10 ގަޑިއިރު، މައްސަލަ ހައްލުވާނެ އިރެއް ނޭނގެ!
ދެންމެ | 18 ސެޕްޓެމްބަރ 2022

ލ. ފޮނަދޫއިން ފެނުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

ހިދުމަތަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ރަށުން ފެނުގެ ހިދުމަތް މެދުކެނޑިފައިވަނީ މިއަދު ހެނދުނު 9 ކަން ހާއިރު އެވެ.

މުޅި ރަށުން ފެނުގެ ހިދުމަތް މެދުކެނޑިފައި ހުންނަތާ އަށް ގަޑިއިރުވެފައިވާއިރު، މައްސަލަ ހައްލުކުރުމަށް އެރަށު ފެނަކަ ޓީމުން ދަނީ މަސައްކަތް ކުރަމުން ނެވެ.

ފޮނަދޫ ފެނަކަ ބުރާންޗުގެ މެނޭޖަރު ވިދާޅުވީ، މައްސަލަ ހައްލުކުރުމުގައި ލަސްތަކެއް ދިމާވެފައިވަނީ، އެކަމަށް ބޭނުންވާ ސާމާނު މާލެއިން އަންނަންދެން މަޑުކުރަންޖެހޭތީ ކަމަށެވެ.

މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެ ފެނަކަ ބްރާންޗުން ވަނީ މައާފަށް އެދިފައެވެ. އަދި މައްސަލަ ހައްލުވުމުން ވީ އެންމެ އަވަހަކަށް ފެނުގެ ހިދުމަތް ދެވޭނެ ކަމަށް ފެނަކައިން ބުނެއެވެ.

މީގެ ކުރިންވެސް އެރަށުން ދޭތެރެދޭތެރެއިން ފެނުގެ ހިދުމަތާއި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި އެބަހުއްްޓެވެ.

އެގޮތުން މިއަހަރުގެ މެއި މަސްތެރޭވެސް ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ފެނުގެ ހިދުމަތް މެދުކެނޑުނެވެ.

އަދި ފެނަކައިން ކަރަންޓު ދިނުމަށް އެރަށުގައި ބޭނުންކުރަމުންދާ ދެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ރަށުން މިދިޔަ އޮގަސްޓު މަސްތެރޭ ކަރަންޓްގެ ހިދުމަތްވެސް މެދުކެނޑިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!