ލަންކާއަށް އެހީ ހޯދުމަށް ނަސީދު ލަންކާއަށް ވަޑައިގެންފި
ދެންމެ | 26 ސެޕްޓެމްބަރ 2022

ސްރީ ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅުކުރަން އެ ގައުމަށް އެހީ ހޯދުމަށްޓަކާ ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އެ ގައުމަށް މިރޭ ފުރާވަޑައިގެންފި އެވެ.

މީގެ ހަތަރު ވަރަކަށް މަސް ކުރިން ލަންކާއަށް ބައިނަލްއަގްވާމީ އެހީ ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ފުރުސަތު އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ވަނީ ނަޝީދަށް ދެއްވަވައިފަ އެވެ. އެއީ ނަޝީދު އެގޮތަށް ހުށަހެޅުއްވުމުންނެވެ.

މަޖިލީހުން މިރޭ ބުނީ ލަންކާގެ އިގްތިސޯދީ ހާލަތާ ގުޅޭގޮތުން ބޭރުގެ އެހީ ހޯދުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސަައްކަތުގެ ތެރެއިން މި ދަތުރުގެ ބޭނުމަކީ ސީވީއެފް އަދި ލަންކާ މިޝަންއާ ބައްދަލުކުރެއްވުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!