ގައުމީ ދުވަސް: ފަސްޓް ލޭޑީ ކަނޑިކި ނުލާ، ދިވެހި ލިބާހެއްގައި!!
ދެންމެ | 27 ސެޕްޓެމްބަރ 2022

ގައުމީ ދުވަހަކީ ދިވެހި ތާރީހުން ފެންނަން އޮތް އެންމެ ބޮޑު ގައުމީ ތަރިކައިގެ އެއްދުވަހެވެ. ގައުމިއްޔަތާއި ސަގާފަތާއި ގައުމީ ވަންތަކަށް މިފަދަ ދުވަސްތަކުގައި އިސްކަމެެއް ދެމުންދާތަން އަބަދުމެ ދިވެހި ތާރީހުން ދައްކުވައިދެ އެވެ.

މިއަދު ގައުމީ ދުވަސް ފާހަގަ ކުރަމުން ދަނީ އެދުވަސް އެބޭފުޅަކަށް ނިސްބަތްވާ ގާޒީ ބަންޑާރައިންގެ ފަހްރުވެރި ރަށް ހއ. އުތީމް ގަ އެވެ.

ގައުމުގެ ވަލީއުލް އަމުރު އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާންގެ އަނބިކަބަލުން ފަޒްނާ އަހުމަދާއި އެހެންވެސް ދައުލަތުގެ ފަތު އަޑު ކިޔާ އެންމެ ބޭފުޅުން މި ރަސްމިއްޔާތުގެ އެކި އެކި ހަރަކާތްތަކުގައި ބައިވެރިވަމުން ދިޔަ ނަމަވެސް ރައްޔިތުން ލޯތައް އަމާޒުވެ ފާޑުކިޔުންތައް ރައްދުވެފައި ވަނީ ފަސްލޭޑީ ފަޒްނާ އަށެވެ.

ދިވެހި ގައުމިއްޔަތުގެ ދުވަހުގައި ފަޒުނާ ދިވެހިންނަށް މަލާމާތްކޮށްލީ ހެއްޔެވެ؟ ދިވެހި ގައުމިއްޔަތަކީ ބައިކުޅަ ބައި މަދު އެއްޗަކަށް ހަދާލީ ހެއްޔެވެ؟ ނޫނީ ފުރިހަމަ ދިވެހި ލިބާހެއް ނުލިބުނީ ހެއްޔެވެ؟ ނުވަތަ ކަނޑިކި ނުލައި ހަމަ އެފަދަ ގޮތަށް ތިރީކޮޅު ދޫކޮށްލަށް ބޭނުން ވީ ހެއްޔެވެ؟

ފަޒުނާގެ ތުރުކުރައްވައިގެން ހުންނެވި ލިބާހަކަށް ނުވާ ދިވެހި ލިބާހަށެވެ. ތެދެކެވެ. އެ ލިބާހުގައި ނުވަތަ ހެދުމުގައި ކަނޑިކި ގަނޑުވެސް ނެތެވެ. ތެދެކެވެ. ދިވެހިންގެ ފަހްރުވެރި ގައުމީ ދުވަހު ފަސްލޭޑީ ހުންނެވީ ކަނޑިކި ތުރު ނުކުރައްވައި ހަމަ އެކަނި ލިބާހަކަށް ނުވާ ފާޓުފުޅާ ހެދުމެއް ތުރުކުރައްވައިގެން ނެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ސަގާފީ ދިވެހި ގައުމިއްޔަތު ރަމްޒްކޮށްދޭ އެތައް އެތައް ހަރަކާތްތަކެއް އިންތިޒާމްކޮށް ކުރިއަށް ގެންދެވިފައި ވީނަމަވެސް ފަސްލޭޑީ ދިވެހިންގެ މި ސަރަފްވެެރި ދުވަހުގެ އިއްޒަތް ނަގާލައިފި އެވެ. ފަރަންޖީ އަކު ވެސް ދިވެހި ލިބާހަށާއި ދިވެހި ސަގާފަތަށް ނުކުރާފަދަ ކުޑައިމީސް ފަޒުނާ ކުރައްވައިފި އެވެ. ދިވެހި ޒުވާން ޖީލަށް ނުބައި ތަސައްވަރެއް ކުރަހައިދީފި އެވެ.

މިއަދު ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އުތީމްގައި ބާއްވާފައިވާއިރު، ރައީސް ސޯލިހް ވެސް ވިދާޅުވީ ގައުމިއްޔަތަކީ ވާރުތަވަމުން އަންނަ ސަގާފަތެއް ކަމަށާއި އެމީހެއްގެ ބޭނުން ގޮތަކަށް ގައުމިއްޔަތާއި ސަގާފަތް ބަދަލުކުރެވިގެން ނުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
  1. ކިނބޫ

    އެއީ ދިވެހި ލިބާހެއްތަ! އެއީ ސިލޯނު މީހުން ލާކަހަލަ މެކްސީ އެއްނު.

  2. ިަހަބަރުދާރު

    ކަލެއައް އެނގޭނެތަ ދިވެހި ލިބާހެއްގަ އަޅައިގެންފަ ވެއްޓުނަސް

  3. ަބޯ ގަމާރު

    ލިޔާނެ އެއްޗެއް ނެތިއްޔާ ނުލިޔެ ތިބެބަލަ، މުންޖެކޭ ކިޔައ ނުވިދުނަކަސް.
    ކަލޭ ބަލާލިންތަ ފަޒުނާ ހުރީ ޖަނގިޔާ ޖަނގނގނ ލައިގެންތ