ގައުމީ ދުވަހު ލޮލުން ފާއްދާލީ ކަރުނަ: ރައީސް ޔާމީން
ދެންމެ | 27 ސެޕްޓެމްބަރ 2022

ޤައުމީދުވަހު ލޮލުން ފާއްދާލަނީ ފުންއަސަރުގެ ކަރުނަ ކަމަށް އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވަމުން ރައީސް ޔާމީން ވިދާޅުވީ މިއަދަކީ ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދުގެ މަތިން ހަނދާން ކުރުމުގެ ދުވަސް ކަމަށެވެ. ނަމަވެސް މިއަދުލޮލުން ފާއްދާލަނީ ފުންއަސަރުގެ ކަރުނަ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިއަހަރުގެ ޤައުމީ ދުވަސް ސިފަކުރަށްވާފައިވަނީ ”ބަނަވެ ނާމާންވަމުންދާ ހިތްދަތި ދުވަސްތަކެއްގެ“ ގޮތުގައެވެ.

ބަނަވެނާމާންވަމުންދާ ދުވަސްތަކެއްގެ ހިތްދަތި ކަމާއެކު ވެސް ޤައުމީ ދުވަހުގެ ހެޔޮއެދުންތައް ލޮބުވެތި ރައްޔިތުންގެ އަރިހަށްފޮނުވަމެވެ. ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދެވެ. ނަމަވެސް މިއަދުލޮލުން ފާއްދާލަނީ ފުން އަސަރުގެކަރުނަ އެވެ.

ގުޅުންހުރި ލިޔުންތައް