އާރުޓީއެލް ފެރީގައި ރައީސް ޞާލިޙު ހއ. ދިއްދޫއަށް ވަޑައިގެންފި
ދެންމެ | 27 ސެޕްޓެމްބަރ 2022

އާރުޓީއެލް ފެރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ހއ. ދިއްދޫއަށް ވަޑައިގެންފިއެވެ.

ރަށުގެ ބަނދަރު ސަރަހައްދުން ފެނިގެން ދިޔައީ ދިވެހި ދިދައިން ޖަރީކޮށްފައިވައިވާ މަންޒަރެވެ.

ރައީސް ޞާލިޙު އާރުޓީއެލް ފެރީގައި ދަތުރުކުރައްވައި ދިއްދޫއަށް ވަޑައިގަތީ މިހާރު އެމަނިކުފާނު އުތުރުގެ ހަތަރު ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން އާރުޓީއެލް ފެރީ ޒޯން އެކެއްގައި ފެށުން ރަސްމީކޮށް އިފްތިތާހުކުރުމަށް މިރޭ އެރަށުގައި ބާއްވާ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއަދު އެމަނިކުފާނު އާރުޓީއެލް ފެރީގައި ދަތުރުކުރެއްވުމުގެ މަގުސަދަކީ އާރުޓީއެލް ފެރީ ތަޖުރިބާ ކޮށްލެއްވުމެވެ.

ރައީސް މިރޭ ދިއްދޫގައި މަޑުކުރެއްވުމަށް ފަހު މާދަމާ ހއ. އަތޮޅު ކައުންސިލާއި ދިއްދޫ ކައުންސިލާއި އެ ރަށު އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ.

މީގެ އިތުރުން ދިއްދޫގެ ހޮސްޕިޓަލު ބައްލަވާލައްވައި ހއ. އަތޮޅު ތައުލީމީ މަރުކަޒު ބައްލަވައިލައްވާނެއެވެ.

ދިއްދޫއަކީ ރައީސް ޞާލިޙު އުތުރުގެ ހަތަރު ރަށަކަށް ކުރައްވާ އެ ދަތުރުފުޅުގައި ވަޑައިގަންނަން ހަމަޖެހިފައިވާ އެންމެ ފަހު މަންޒިލެވެ.

ދަތުރު ނިންމަވާލެއްވުމަށް ފަހު ރައީސް އެނބުރި މާލޭ ވަޑައިގަންނަވާނީ މާދަމާ މެންދުރުފަހުއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!