ބަނގުރާފުޅިތަކާއިއެކު 2 ކަނބުލޮ އާއި 2 ކަލޯ އަތުލައިގެންފި
ދެންމެ | 27 ޖޫން 2026

މިއަދު ހެނދުނު ހުޅުމާލޭގައި ބަޔަކު ހަމަނުޖެހުން ހިންގާ ކަމުގެ ރިޕޯޓު ލިބިގެން ފުލުހުން ދިޔައިރު، އެތަނުން ބަނގުރާ ހުސްކުރި ފުޅިތަކެއް ފެނިއްޖެއެވެ.

ފުލުހުން ބުނިގޮތުގައި މިއަދު ހެނދުނު ހައެއް ޖަހާކަންހާއިރު، ހުޅުމާލޭ ފޭސް 1 ގެ އެޕާޓްމެންޓެއްގެ ތެރޭގައި ބަޔަކު ހަމަނުޖެހުން ހިންގާ ކަމަށް ލިބުނު ރިޕޯޓާ ގުޅިގެން އެތަނުން ހަތަރު ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 26 އަހަރާއި، 29 އަހަރާ ދެމެދުގެ ދިވެހި ދެ އަންހެނުންނާއި، އަދި 24 އަހަރާއި، 34 އަހަރުގެ ޒުވާން ދިވެހި ދެ ފިރިހެނުންނެވެ.

ފުލުހުން ބުނީ އެ އެޕާޓްމެންޓް ބަލައި ފާސްކުރި އިރު، ބަނގުރާ ހުސްކޮށްފައި ހުރި ފުޅިތަކެއް އެތަނުން ފެނިފައިވާ ކަމަށެވެ. އަދި އެތަން ބަލައި، ތަހުގީގަށް ބޭނުންވާނެ ހެކިތައް އެއްކޮށްފައިވާ ކަމަށް ބުންޏެވެ.

މިހާރު މި މައްސަލަ ފުލުހުންދަނީ ތަހުޤީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!