ސިހުރުވެރި ކަހީނަކު ބުނެގެން އިބޫ އަޅުގަނޑު ޖަލަށް ލިޔަސް، ރައީސް ޑރ. މުއިއްޒު އަޅުގަނޑު ޖަލަކަށް ނުލާނެ: ޔާމީން
ދެންމެ | 13 ޖުލައި 2026
ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނު ޖަލަށްލައްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޕީއެންއެފުން ބާއްވަމުން އަންނަ ސިލްސިލް ބައްދަލުވުންތަލުގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލަށްލާ ޖަލުގައި ގެންގުޅުނީ ކުރީގެ ރައިސް އިބްރާހިމް މުހައްމަދު ސާލިހްކަމަށެވެ. އަދި ރައީސް ސާލިހް އެގޮތަސް ކަންކުރެއްވީ އެމަނިކުފާނު އަރުހުގައި ދެ ވަނަ ދައުރެއް ލިބޭނެކަމަށް ކަހީނަކު ބުނުމުންކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށްލާފާނެކަަމަށް ގަބޫލުނުކުރައްވާކަމަށެވެ.

”އަޅުގަނޑެއް ގަބޫލެއް ނުކުރާނަން މުއިއްޒު އަނިޔާވެރިވިޔަސް، އެވަރު ކަމެއް ކޮށްފާނެ ކަމަކަށް،“ ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މި ސަރުކާރުގެ ތެރޭގައި ރައީސް މުއިއްޒާއި ދެކޮޅު ބޭފުޅުން ތިބިކަމަށެވެ. އަދި ސަަރުކާރުގައި ރައީސް މުއިއްޒާއި ހިތްހަމަނުޖެހޭ މީހުން ތިބި ނަމަވެސް ތިބި ނަމަވެސް އެމަނިކުފާނު ޖަލަށްލައިގެން ދެކޮޅު ނުޖެއްސޭނެކަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް ޔާމީން ރޭ ވަނީ ވިދާޅުވެފައެވެ.

“ އެހެންވީމަ އަޅުގަނޑެއް ގަބޫލެއް ނުކުރާނަން މުއިއްޒުގެ ވިސްނުން ހުރެދާނެ ކަމަކަށް އަޅުގަނޑު ޖަލުގައި ގެންގުޅޭކަށް،“ ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވިއިރު މީގެ ކުރިން އެމަނިކުފާނުވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދޭން ފަނޑިޔާރުންނަށް ރިޝްވަތުދީ ޕީޕީއެމް ތެރެއިން ކަންކަން ރޭވިކަމުގެ ތުހުމަތުތައް ރައީސް މުއިއްާއި އެމަނިކުފާނުގެ އަރުހުގައި ތިެއްބެވި ބޭފުޅުންގެ މައްޗަށް ކުރައްވާފައެވެ.

ރައީސް ޔާމީން މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައިގައި އެމަނިކުފާނާއި ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނިންމާފައިވަނިކޮށެވެ.

އެ މައްސަލާގައި ރައީސް ޔާމީންނާއި ދެކޮޅަށް އާ ހެކިތަކެއް ހުށައެޅީ ދައުލަތުގެ ފަރާތުންނެވެ. އެ އާ ހެކިތަކަކީ ދަށު ކޯޓުގައި ޝަރީއަތް ހިންގި އިރު ދިފާއީ ހެކިން ދިން ހެކިބަހުގައި ދޮގުތަކެއް ހިމެނޭކަން ސާބިތުކުރަން ހުށަހެޅި ހެކިތަކެއްކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ވ. އާރަށް މައްސަލާގައި ޑިސެންބަރު 25، 2022 ގައި ދަށު ކޯޓުން ވަނީ ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހެންނަމަވެސް، 2023 ވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ދަށު ކޯޓްގެ ނިންމުނ ބާތިލުކޮށް މައްސަލަ އަލުން ބަލަން އަންގާފައެވެ. ޔާމީނަށް 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ދޮރު ބަންދުވީ މި މައްސަލައާ ގުޅިގެންނެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!