އެމްޑީޕީގެ ޕްރައިމަރީގައި އިބޫ ވާދަކުރައްވަން ނިންމަވައިފި
ދެންމެ | 13 އޯގަސްޓް 2026

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިހާބަށް އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފި އެވެ

އެނގިފައިވާ ގޮތުގައި ރައީސް ސޯލިހް މި ގޮތަށް ނިންމެވީ އެމްޑީޕީގެ ބައެއް އިސްބޭފުޅުންނާ އެކު މަޝްވަރާކުރުމަށްފަހު އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ. އެހެންނަމަވެސް ޕްރައިމަރީގައި ވާދަ ކުރައްވާނެކަން ސޯލިހް އަދި ރަސްމީކޮށް އިއުލާނެއް ނުކުރައްވަ އެވެ.

އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރާނެކަން ރަސްމީކޮށް މިހާތަނަށް އިއުލާން ކުރައްވާފައިވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕަސަން އަދި މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެކަންޏެވެ. މީގެއިތުރުން އެމްޑީޕީގެ ރަޢީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާނެކަމުގެ އަޑުތައް ވަނީ ފެތިރިފަ އެވެ. އަދި އޭނާ ގެންދަވަނީ ވަކިވަކިން ބައެއް ބައްދަލުވުންތައްވެސް ބާއްވަވަމުން ނެވެ.

މިދިޔަ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް ނަސީމުވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން އޮތްކަމަށާއި އެކަމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް ވިދާޅުވެފަ އެވެ.

އެންމެފަހުން ފެބްރުއަރީ 2023ގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެއްވީ އޭރު ރައީސް ސޯލިހާއި ރައީސް ނަޝީދެވެ. އެ ޕްރައިމަރީގައި ސޯލިހް ނަޝީދުގެ މައްޗަށް ބޮޑޔ ތަފާތަކުން ކުރި ހޯއްދެވި އެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބުގައި ސޯލިހްގެ މައްޗަށް ކުރި ހޯދީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!