އިގްތިސާދު ފުޅާކުރަން މިހާތަނަށް އެންމެ ކާމިޔާބު މަސައްކަތްތަކެއް ކުރީ މި ސަރުކާރުން: ރައީސް ޑރ.މުއިއްޒު
ދެންމެ | 27 އޯގަސްޓް 2026

ދިވެހި އިގްތިސާދު ފުޅާކުރަން މިހާތަނަށް އެންމެ ކާމިޔާބު މަސައްކަތްތަކެއް ކުރީ މި ސަރުކާރުން ކަމުގައި ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނޭޝަން ޗެޓް ޝޯގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދިވެހި އިގްތިސާދު ދުޅަހެޔޮ ކުރިމަށް މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި އެތައް ކަމެއް ދިޔައީ ކުރަމުން ކަމަށެވެ. އެތައް ސިޔާސަތެއް ކާމިޔާބުކަމާއެކު ތަންފީޒު ކުރެވިފައިވާ ކަމަށާ އަދި މުހިންމު އެތައް ސިޔާސަތުތަކެއް ތަންފީޒު ކުރަން ތައްޔާރުވަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ ފަތުވެރިކަމާއި މަސްވެރިކަމާއި ޓެކްނޮލޮޖީއާ އަައިޓީ އަދި އެކިކަހަލަ މަސައްކަތްތަކުގެ ދާއިރާއިން އިގްތިސާދު ވަރުގަދަކޮށް ފުޅާކުރުމަށް މިހާތަނަށް ނުކުރެވޭފަދަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އަޅުގަނޑުމެންނަށް ވުރެ ބޮޑަށް އިގްތިސާދު ކުރިއެރުވުމަށްޓަކައި، އިގްތިސާދު ފުޅާކުރުމަށްޓަކައި ސިޔާސަތުތަކެއް ގެނެސް ތަންފީޒުކުރި ސަރުކާރެއް އަޅުގަނޑަކަށް ހިއެއް ނުވޭ ވޭތުވެދިޔަ ދުވަސްތަކުގައި އޮތް ހެނެއް

ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

 

ރައީސް ތަކުރާރު ކުރައްވާ ވިދާޅުވީ މި ސަރުކާރަކީ އިގްތިސާދު ކުރިއެރުވުމަށް ވަރަށް އިސްކަންދޭ އެކަމުގައި “ޕްރޯ” ސަރުކާރެއް ކަމަށެވެ. އަދި އިގްތިސާދު ފުޑުފުޑުވެ ގެއްލުމެއްވާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް މި މޭރުމުން ވާހަކަ ދެއްކެވީ މި ސަރުކާރުން ގެންގުޅޭ ބޭރު ފައިސާގެ ސިޔާސަތުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލި އިގްތިސާދަށް ނުހަނު ގެއްލުންވާނެ ކަމަށް އިދިކޮޅު ބައެއް ލީޑަރުން ވިދާޅުވަމުން ގެންދަވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!