ވެލިދޫގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ޒުވާނަކަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފި
ދެންމެ | 05 އޮކްޓޯބަރ 2022

ނ. އަތޮޅު ވެލިދޫގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ޒުވާނަކު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ނ. ވެލިދޫގައި މާރާމާރީ ހިނގި ކަމުގެ ރިޕޯޓެއް ރޭ 12:30 ހާއިރު ލިބިފައިވާ ކަމަށެވެެ. އެ މާރާމާރީގައި އަނިޔާވެފައިވަނީ 19 އަހަރުގެ ދިވެހި ޒުވާނަކަށް ކަމަށާއި އޭނާ އަށް ވެލިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު މިހާރު މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މާރާމާރީގައި އަނިޔާވި ޒުވާނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިއަދު މެންދުރުފަހު ހިނގި އެ ހާދިސާގައި ވަޅި ހެރީ އެ ޒުވާނާގެ ބުރަކައްޓަށްކަމަށް ވެލިދޫއިން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ. ވަޅި ހެރުމުގެ ސަބަބުން އެޒުވާނާގެ ފައި ޕެރެލައިޒްވެފައިވާ ކަމަށް އެރަށުން ވާހަަކަ ދެެއްކި މީހާ ވަނީ މައުލޫމާތުދީފައެވެ.

ވެލިދޫގައި ރޭ ހިނގި މާރާމާރީ އާއި ގުޅިގެން އެރަށުން 18 އަހަރުގެ ފިރިހެނަކު ކޯޓް އަމުރެެއްގެ ދަށުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ގެންދަނީ އެމާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންނެެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!