ޑްރަގް ކޯޓު ފަޅާލައި އެތަނުން ވައްކަން ކޮށްފި
ދެންމެ | 07 އޮކްޓޯބަރ 2022

ޑްރަގް ކޯޓު ފަޅާލައި އެތަނުން ވައްކަން ކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ކޯޓު ފަޅާލާ ވައްކަން ކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.

އިއްޒުއްދީން މަގުގައި ހުންނަ މި ކޯޓު ފަޅާލާފައި ވާއިރު، އެ ތަނުން ވަގަށް ނަގާފައިވަނީ ކޮން އެއްޗެއްކަމެއް އަދި ނޭނގެ އެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ޑްރަގް ކޯޓު ފަޅާލާ އެތަނުން ވައްކަން ކުރި ކަމުގެ މައުލޫމާތު ލިބުމާއިއެކު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މިކަމާއި ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައި ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!