މަސްހޫރު ސޯލްޓް ބޭގެ ރެސްޓޯރެންޓަކުން ކެއި ބައެއްގެ ބިލަށް 62.5 މިލިއަން ރުފިޔާ އަރައިފި
ދެންމެ | 19 ނޮވެމްބަރ 2022

ދުނިޔޭގެ މަޝްހޫރު ނުސްރެޓް ގޮކްޗޭ ނުވަތަ މަޝްހޫރު ނަމުން ނަމަ ސޯލްޓް ބޭގެ ރެސްޓޯރެންޓަކުން ކެއި ބައެއްގެ ބިލަށް 615،065 ދިރުހަމް (2.5 މިލިއަން ރުފިޔާ) އަރައިފި އެވެ.

އަބޫ ދާބީގައި ހުންނަ ސޯލްޓް ބޭގެ ރެސްޓޯރެންޓް، ނުސްރެޓް ސްޓޭކްހައުސްއިން ކެއި ބައެއްގެ މި ބިލު ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ. އެ ބިލް ސޯޝަލް މީޑީއާއަށް ލީވެސް ސޯލްޓް ބޭ އެވެ.

އެ ބިލުގެ ފޮޓޯ އިންސްޓަގުރާމްގައި ހިއްސާކުރަމުން އޭނާ ބުނެފައިވަނީ ކޮލިޓީ ދުވަހަކުވެސް އަގުބޮޑު ނުވާނެ ކަމަށެވެ.

އެ ބިލަށް ބަލައި އިރު، އެ މީހުން އޯޑަރުކުރި އެންމެ އަގު ބޮޑު ކެއުމަށް ހަރަދުވެފައިވަނީ 5,850 ދިރުހަމެވެ. އެއީ 24،550 ރުފިޔާ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!