ރައީސް ސޯލިހް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރުގައި ބިރަކާއި ނުލާ މަޖާ ކުރަމުންދާއިރު އެމަނިކުފާނުގެ އަނބިކަބަލުން ފަޒުނާ ދަނި ރަސްމީ ދަތުރުތަކުގައި ގައުމު ހިންގަމުން ނެވެ.
ގައުމު ހިންގުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ފަޒުނާގެ ދަތުރުތަކުގެ ތަފްސީލްތަކާއި ބައްދަލު ކުރަމުންދާ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތާއި ހަބަރާއި ފޮޓޯތަކުން ރައީސުލްޖުމުހޫރިއްޔާ އޮފީހުގެ ރަސްމީ ވެބް ސައިޓް ވަނީ ހިސޯރު ކޮށްފަ އެވެ.
ރައީސް އޮފީސް ރަސްމީ ވެބްސައިޓުން ހަބަރު ދޭ ގޮތުގައި މިދިޔަ ފަސް ވަރަކަށް ދުވަސްތެރޭގައި ފަޒުނާ ވަނީ ވަރަށް ގިނަ ހަފްލާތަކެއްގައި ބައިވެރިވަޑައިގަންނަވާފަ އެވެ.
ރައީސް އޮފީހުގެ ރަސްމީ ވެބް ސައިޓްގައި އާދަޔާ ހިލާފަށް ގާނޫނީ ހައިސިއްޔަތެއް ނެތް ފަޒުނާގެ ޕްރޮމޯޝަން ހަބަރުތަކާއި ފޮޓޯތައް ހަމައެއް ނެތި ހިމަނަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ތޯރިގް ވިދާޅުވީ މިހާރު ރާއްޖޭގެ ވެރިކަމުގެ ބާރުވެރިކަން އޮތް ފަރާތަކާއި މެދުގައި ވެސް ސުވާލު އުފައްދަވާފަ އެވެ.
ގާނޫނީ ހައިސިއްޔަތެއް ނެތް ފަރާތެއްގެ ހަބަރާއި މައުލޫމާތު ހިމަނާ ރައީސް އޮފީހުން ވަކި ފަރާތެއް ޕްރޮމޯޓްކުރަމުން ގެންދިއުމަކީ މަގާމްގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ހިންގަމުންދާ ޖަރީމާއެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.