ރައީސް އިބުރޭއަށް ދެވަނަ ދައުރެއް ދެނީ އަންހެނުންނަށް ބާރު އަރުވާތީ: ޔުމްނާ
ދެންމެ | 30 އޯގަސްޓް 2023

ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ‎ޞާލިޙް ދެވަނަ ދައުރަކަށް އިންތިޚާބު ކުރަން އޭނާ ތާއީދު ކުރައްވާ އެއް ސަބަބަކީ އެ މަނިކުފާނު ގެންގުޅުއްވާ މިންތީގެ ހަމަހަމަ ކަމާއި އަންހެނުން ބާރުވެރިކުރުމުގެ ސިޔާސަތުގެ ސަބަބުން ކަމަށާއި މި  ދާއިރާއިން އެމަނިކުފާނު ވަނީ ގިނަ ކަންތައްތަކެއް ކޮށްދެއްވާފައި ކަމަށެވެ. އަދި މިންތީގެ ހަމަހަމަކަން އިތުރަށް  ހަރުދަނާކޮށް އަންހެނުން އިތުރަށް ބާރުވެރިކުރުވުމަށް ކުރިޔަށް އޮތް ދައުރަށް ގިނަ ކަންތައްތަކެއް ރާއްވަވައި މެނިފެސްޓޯގައި ހިމަނުއްވާފައި ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.

މި އިންތިޚާބުގައި ރައީސަށް ތާއީދުކުރައްވަން ނިންމެވިކަން ހާމަކުރައްވައި މި މަހުގެ 22 ގައި ޔުމްނާ ކުރެއްވި ޓުވީޓުގައި ވަނީ ގައުމުގެ ހަމަޖެހުމާައި ތަރައްގީއަށް ރައީސް ޞާލިޙް ދެވަނަ ދައުރަކަށް އިންތިޚާބުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތަކާއި މަޝްރޫތައް ކުރިޔަށް ގެންދިޔުމަށްޓަކައި އެމަނިކުފާނު ހޮވަންޖެހޭ ކަމަށް ވެސް އެމްއާރްއެމްގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގައި ހުންނެވި ޔުމްނާ ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!