އެ އިސްލާހު ފާސް ކުރުމަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރުމާއި ގުޅިގެން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް އޭނާ ތާއިދު ނުކުރަށްވާ ކަމަށެވެ.
”ފިޔަވަޅު އަޅަންވީ ހަމަ އެމްޑީޕީގެ ހުރިހާ ބޭފުޅުންނަށް މައާފަށް އެދެން، އަޅުގަނޑު ޓެކްސް ވިޕް ލައިނާއި ޚިލާފުވާނަން.“ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
ޕާލިމެންޓްރީ ގުރޫޕުން ތްރީ ލައިން ވިޕެއް ނެރުމުގެ މާނައަކީ އެ ގުރޫޕުގައި ތިބޭ ހުރިހާ މެމްބަރުން ޖަލްސާއަށް ހާޒިރުވެ ޕީޖީ ގުރޫޕުން ނިންމާ ގޮތަކަށް ވޯޓު ދިނުމެވެ. މީގެ ކުރިން އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރެފައިވާ ވިޕްލައިންތަކާ ހިލާފުވި މެމްބަރުންނަށް އެމްޑީޕީން ފިޔަވަޅު އަޅާފައިވެ އެވެ.
ޓެކުހުގެ ގޮތުގައި ނަގާ މިންވަރު ބޮޑުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އިސްލާޙު ފާސްކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ތްރީ ލައިން ވިޕެއް އިއްޔެ ވަނީ ނެރެފައެެވެ. ދަޢުލަތުގެ މާލީ އިދާރާއިން ހުށަހެޅި އިސްލާޙުގައިވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑު ކުރުމަށެވެ. އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށް ވެސް އިސްލާޙުގައިވެއެވެ.
ގުޅުންހުރި ލިޔުންތައް