ޕީޕީއެމުން އަމަލްކުރީ ރައީސް ޔާމީން އެންގެވި ގޮތަކަށް ނޫން، ޕީއެންސީ ޓިކެޓް މުއިއްޒު ހޯދީ އަދުރޭ ގަނެގެން: ޑރ. ވަހީދު
ދެންމެ | 19 އޯގަސްޓް 2023

ޕީޕީއެމުން އަމަލް ކުރީ ރައީސް ޔާމީން އެންގެވި ގޮތަކަށް ނޫން ކަމަށާއި ޕީއެންސީގެ ރައީސް އަދުރޭ ގަނެގެން ޓިކެޓް މުއިއްޒު ވަނީ ފެލާލާފައި ކަމަށް  ޑރ. ވަހީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ވަކިވެ މިހާރު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފައިވާ ޑރ. ވަހީދު ވިދާޅުވީ ޕާޓީން އަމަލް ކޮށްފައި ވަނީ ރައީސް ޔާމީން އެންގެވި ގޮތަށް ނޫން ކަމަށެވެ. ވަހީދު ވިދާޅުވީ ރިޔާސީ ކެޑިޑޭޓެއްގެ ކަންތަކުގައި 3 އޮޕްސަނެއް އޮތް ކަމަށާއި ފުރަތަމަ ގޮތަކީ ރައީސް ޔާމީން ކަމަށާއި ދެ ވަނަ ގޮތަކީ ޕީޕީއެމުން ކެޑިޑޭޓެއް ނެރުން ކަމަށާއި ތިން ވަނަ ގޮތަކީ އަދުރޭގެ ޕީއެންސީން ކެޑިޑޭޓެއް ނެރުން ކަމަށެވެ.

ޑރ. ވަހީދު ވިދާޅުވީ އެމަނިކުފާން ހުންނެވީ ރައީސް ޔާމީން އެންގެވި ގޮތަށަ ޕްލޭން ބީ އަށް އުންމީދު ކުރައްވައިގެން ޕީޕީއެމްގެ ޓިކެޓަށް ކަމަށާއި އެހެންނަމަވެސް ޕީޕީއެމުން ކެޑިޑޭޓަކު ނެރެން ފުރުސަތު ނުދެއްވީކަމަށެވެ.

ވަހީދު ވިދާޅުވީ ކަންތައް ހިނގާދިޔައީ ރައީސް ޔާމީން އެންގެވި ގޮތަށް ނޫން ކަމަށާއި ޕީޕީއެމުން ކެޑިޑޭޓެއް ނެރެން ފުރިހަމައަށް ވަގުތު ލިބުނު ކަމަށާއި އެކަން އެގޮތަށް ބަޔަކު އަޑީގައި ތިބެ ވިޔަ ނުދިނީ ކަމަށެވެ.

އަދުރޭ އަކީ ކުރިން ވެސް ވައްކަމުގެ މައްސަލައެއްގައި ހުކުމްކޮށް އަރުވާލާފައިވާ މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މުއިއްޒު އަދުރޭ ގަނެފައި ވަނީ މާރުކޭޓު ގޮޅި އަކާއި މެލޭސިޔާ ޓިކެޓެއްގެ އިތުރުން މަދު ޑޮލަރު ކޮޅަކަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!