އެންޑީއޭގެ ސީއީއޯ މަގާމަށް އިމާދު ސޯލިހް އައްޔަން ކޮށްފި
ދެންމެ | 20 އޮކްޓޯބަރ 2022

 މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ، އަލުން މުޖްތަމައުައަށް ގެނައުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ނެޝަނަލް ޑްރަޖް އެޖެންސީގެ ސީއީއޯއަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިމާދު ސޯލިހު އައްޔަންކޮށްފިއެވެ.

އެންޑީއޭގެ ސީއޯއަކަށް އައްޔަންކުރެއްވި ސ. މަރަދޫފޭދޫ އެވަރެސްޓް، އިމާދު ސޯލިހަކީ ރައީސް މައުމޫންގެ ވެރިކަމުގައި މަޖިލީހުގައި ރައީސްގެ މެމްބަރުކަން 2006 އިން 2008 އަށް އަދާކުރެއްވި ބޭފުޅެކެވެ. މީގެއިތުރުން އޭނާ ވަނީ ރައީސް ވަހީދުގެ ވެރިކަމުގައި މިނިސްްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަންގެ މަގާމު ފުރުއްވާފައެވެ. އަދި އެނާއަކީ ކުރީގެ އެޓާރނީ ޖެނެރަލް ހަސަން ސައީދު އުފެއްދި ގައުމީ ޕާޓީގެ އިސް މަގާމުތަކެއްެވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

އެންޑީއޭގެ ސީއޯއަކަށް އިމާދު އައްޔަންކޮށްފައި މިވަނީ އެ މަގާމު ހުސްކޮށް އޮންނަތާ ގާތްގަނޑަކަށް 10 ވަރަކަށް މަސް ފަހުންނެވެ.

މަގާމާއި ހަވާލުވުމަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމާދު ވަނީ އެންޑީއޭގެ ކަންކަން ހަރުދަނާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރުގެ ނާއިބު، އަދި އެންޑީއޭގެ ޗެއާމަން ޝަމާއު ޝަރީފް ވަނީ ނެޝެނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޚިދުމަތްތައް ރަނގަޅުކުރުމަށް، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އިސްލާހެއް ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވިގޮތުގައި މިހާރު ޤާނޫނު އޮތް ގޮތުން އަމިއްލައަށް އެދިގެން އަންނަ މީހުންނާއި، އިތުރު ކުށެއްގެ ރެކޯޑު އޮންނަ މީހުންނަށް އެންޑީއޭއިން ފަރުވާ ދެވޭނެ ނިޒާމެއް ނޯންނަކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!