ފޯޅަވެއްސަކީ މޮރިސަސް ތަނެއް ގޮތުގައި ގަބޫލު ނުކުރާ ކަމަށް ރައީސް ނަސީދު ވިދާޅުވެއްޖެ.
ދެންމެ | 23 އޮކްޓޯބަރ 2022

ފޯޅަވެއްސަކީ މޮރިސަސް ތަނެއް ގޮތުގައި ގަބޫލު ނުކުރާ ކަމަށް ރައީސް ނަސީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަސީދު މަޖިލީސް ވަޓްސްއަޕް ގުރޫޕަށް ފޮނުވި މެސެޖްގައި ބުނެފައި ވަނީ 2011 ވަނަ ދެ ގައުމުގެ ދެމެދުގައި މިމައްސަލައިގައި މަސްވަރާކުރެވިގެން މައްސަލަ ހައްލު ކުރުމަށް ޖޮއިންޓް ކޮމެޓީއެއް އެކުލަވާ ލެވުނު ކަމަށާއި މައްސަލަ ކޯޓަށް މޮރިސަސް އިން ހުށަހެޅީ ވާހަކަ ދައްކައިގެން ހައްލެއް ނުލިބިގެން ކަމަށެވެ.

“ 2011 އިން 2020 ހަމައަށް ވެސް ޖޮއިންޓް ކޮމެޓީން ތަންފީޒު ނުކުރުމުގެ ސަބަބުން މޮރިސަސް އިން ކޯޓަށް ދިޔައީ.“ ރައީސް ނަސީދު ވިދާޅުވެފައި ވެއެވެ.

ނަސީދު ވިދާޅުވީ ދިވެހި ގައުމުން ބައެއް ގެއްލޭ ގޮތަށް އެއްބަސްވެ ވަޑައިނުގަންނަވާ ކަމަށާއި މިހާރު ކަންތައް ވެގެންދާ ގޮތުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެންދާނެ ކަމަށެވެ.

މޮރިޝަސް މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވެފައިވާކަން ބަންޑާރަ ނައިބް ރިއްފަތު ހާމަކުރެއްވީ، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ބައިކޮށް ވަކިކުރުމާ ގުޅޭ ގޮތުން ކަމާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައިގައި ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަމުންނެވެ.

މިއީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު، މޮރިޝަސްގެ ސިޔާދަތުގެ ދަށުގައިވާ ކަމަށް އެ ގައުމާއި ބައިނަލްއަގުވާމީ ޓްރައިބިއުނަލްތަކުން ނިންމާފައިވާ ޗާގޯސް އާކިޕެލެގޯގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަމަށް ބުނެ މޮރިޝަސް އިން ކަނޑުތަކުގެ ގާނޫނާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް 2019ގައި ހުށަހެޅި މައްސަލައެކެވެ.

 

 

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!