ފައްޔާޒު ޕްރެޝަރަށް ވެއްޓި ބަހު ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް ދެއްވައިފި
ދެންމެ | 25 އޮކްޓޯބަރ 2022

މޮރިޝަސްގެ އިގުތިސާދީ ހާއްސަ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައާއި ގުޅޭގޮތުން މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ސުވާލެއް އަމާޒު ކުރައްވައިފިއެވެ.

ރައީސް ނަޝީދު ޓެގް ކުރައްވާ ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ފޯޅަވައްސަކީ ރާއްޖޭގެ ބައެއްކަމަށް ދެކިވަޑައިގަންނަވާނަމަ، 2011 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ (ރައީސް ނަޝީދު) ފޯޅަވައްސާއި ރާއްޖެއާއި ދެމެދު އިން ވަކިކުރަން އެއްބަސްވީ ކީއްވެތޯ އައްސަވާފައެވެ.

މި ސުވާލު އުފެއްދެވުމަށްފަހު ފައްޔާޒު އިތުރަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އަދި މި މައްސަލާގައި މީގެކުރިން ވެސް ފައްޔާޒު ވާހަކަ ދައްކަވާފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ފައްޔާޒު މިފަދަ ސުވާލެއް ރައީސް ނަޝީދަށް އަމާޒު ކުރައްވާފައި މިވަނީ، ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ނޫންކަމަށް ވިދާޅުނުވެވޭނެ ކަމަށާއި، ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއްކަމަށް ރާއްޖޭން ގަބޫލުކުރުމުން، އޭގެން ރާއްޖޭގެ އިގުތިސާދީ ހާއްސަ ސަރަހައްދުން ބައެއް ދޫކޮށްލެވެނީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

އަދި 12 މާރިޗު 2011 ގައި ދިވެހި ސަރުކާރާ މޮރިޝަސް ސަރުކާރާ ދެމެދު ޖޮއިންޓް ކޮމިއުނިކޭއެއް ނެރުނު ކަމަށާއި އޭގައިވާނީ ދެ ގައުމު ދެމެދުގައި ވާހަކަ ދައްކައިގެން ދިވެހިރާއްޖޭގެ މިހާރުގެ ސަރަހައްދުން ބައެއް ނުގެއްލޭ ގޮތަށް އެއްބަސްވާން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް