ފައްޔާޒުގެ އެސްއެމްއީ ބޭންކުން ދައުލަތަށް އެތައް މިލިޔަން ރުފިޔާގެ ގެއްލުން ވެއްޖެ
ދެންމެ | 27 އޮކްޓޯބަރ 2022

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑުން އާންމުކޮށްފައިވާ ދައުލަތުގެ ކުންފުނިތަކުގެ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ހިސާބުތަކުން ދައްކާގޮތުން އެސްޑީއެފްސީއަށް 21.17 މިލިއަން ރުފިޔާ ގެއްލުންވިއެވެ. ޕީސީބީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެހާބޮޑު ގެއްލުމެއް އެސްޑީއެފްސީއަށް ލިބުނީ ނުދައްކައި ހުރި ލޯނުތަކުގެ ސަބަބުންނެވެ.

އެސްޑީއެފްސީއިން ހިންގުމުގެ ހަރަދުގެ ގޮތުގައި 39.35 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އޭގެ 75 އިންސައްތައަކީ ނުދައްކައި ހުރި ލޯނުތަކުގެ ހަރަދެވެ.

ސަރުކާރުން ވަނީ ކޮވިޑު-19 ތެރޭގައި އެސްޑީއެފްސީ މެދުވެރިކޮށް ގިނަ އަދަދެއްގެ ލޯނު އެކި ފަރާތްތަކަށް ދީފައެވެ. އޭގެ ތެރޭގައި ޝަރުތު ހަމަނުވާ އެތައް ފަރާތެއްވެސް ހިމެނެއެވެ. އަދި އެމްޑީޕީގެ މަޖިލީސް މެމްބަރުންނާއި ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ފަރާތްތައް ހިމެނެއެވެ. މިގޮތުން ކުރީގެ ތަރުޖަމާނު މަބްރޫކުވެސް އެސްޑީއެފްސީން ނެގި ލޯނަކަށް ފައިސާ ދައްކަމުން ނުދާކަން މީގެ ކުރިން ވަނީ ހާމަވެފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެސްޑީއެފްސީއަށް މިހާބޮޑު ގެއްލުމެއް ވެފައިވާއިރު މިއީ އެ ބޭންކު އުފެއްދިފަހުން އެ ބޭންކަށް އެންމެ ގެއްލުން ބޮޑު ކުއާޓަރ ކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް