އަފްރާސީމް މަރުގެ ހެކި ހުރި ކަމަށް ބުނި އިމުރާން ފޯޅަވެހީ މައްސަލައިގައި ރައީސް ހަދަނީ ތެދު ކަމަށް ހެކި ވެއްޖެ
ދެންމެ | 27 އޮކްޓޯބަރ 2022

މިހާރު ރާއްޖޭގެ މަސްރަހުގައި އެންމެ ހޫނު މައުލޫ ކަމަށްވާ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ އިމުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހައްދަވަނީ ތެދު ކަމަށާއި އެކަމަށް ހެކިވެވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޗާގޯސް މައްސަލައިގައި އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން މިދާ ދަނޑިވަޅުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު އެ މައުލޫގައި އެންމެ ފުރަތަމަވެސް އެއްޗެއް ވިދާޅުވީ ރޭ އޮތް ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ރައީސް ވިދާޅުވީ، އެ މައްސަލައިގައި ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ސަރުކާރުން ނިންމާފައި ނުވާނެ ކަމަށެވެ.

ރައީސްގެ މި ވާހަކަފުޅަށް އިޝާރާތް ކުރައްވާ އިމްރާން ވިދާޅުވީ، ބަޔަކު ކިތަންމެ ނުރުހުނަސް ރައީސް ސޯލިހު ދެއްކެވީ ތެދު ބަސްފުޅެއް ކަމަށް އޭނާ ހެކިވެ ވަޑައިގަންނަވާނެ ކަމަށެވެ. އިމްރާން ވިދާޅުވީ، މޮރިޝަސް އާއި ރާއްޖޭގެ އިމުގެ މައްސަލަ ”ހިނގަމުންދާ ގޮތް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ“ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!