ބުރީގައި އިސްތަށި ފަޅަނީ ކީއްވެ!
ދެންމެ | 01 އޯގަސްޓް 2023

އަހަންނަކީ އުމުރުން 50 އަހަރުގެ ފިރިހެނެއް ކަމުން ކަންފަތުގެ މަތިންނާއި އެތެރެއާއި ނޭފަތުގައި ފަދަ އާދަޔާ ހިލާފު ތަންތަނުގައި އިސްތަށިފަޅާކަން ފާހަގަ ކުރެވިފައިވެއެވެ. މިއީ އާދައިގެ ކަމެއް ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟ އެކަމުން ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ؟ މިއީ ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ސުވާލެކެވެ. ކޮންމެ މީހާކުވެސް ރީތިކޮށް ހުރުމަށް ލޯބިކުރާނެއެވެ. އެެހެންކަމުން ގައިގެ ހީނުކުރާ ތަންތަނުގައި އިސްތަށިފަޅާނަމަ ހަމަ ސުވާލުއުފެދޭނެއެވެ.

އެއީ މަޑުމަޑުން ފެށޭކަމެކެވެ. ފަހަރެއްގައި ނޭފަތުން ދިގު ދެތިން އިސްތަށި ހުރިތަން ފެނިދާނެއެވެ. ނުވަތަ ކަންފަތުގެބޭރުން ދެފަރާތުގައި އިސްތަށި ފަޅާނަމަ އެއިސްތަށި ކޮށާލަންބޭނުންތޯ ބޯކޮށާ މީހާ ސުވާލުކޯށްލަފާނެއެވެ.

ކިތަންމެ ވަރަކަށް ފެށުނަސް ޔަގީންކޮށްލައްވާ މިއީ ގިނަ ފިރިހެނުންނަށް އުމުރުން ދުވަސްވާއިރު ދިމާވާ އާދައިގެ ބައެކެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟ ކުރު ޖަވާބަކީ އުމުރުން ދުވަސްވާވަރަކަށް އިސްތަށި އިތުރުވުމަކީ ޓެސްޓޮސްޓިރޯން އާއި ޖެނެޓިކްސް އާއި ވަރަށް ބޮޑަށް ގުޅުން ހުރި ކަމެއްކަމެވެ. ނަމަވެސް މިއިސްތަށިތައް ނައްތާލެވޭނެ ތަފާތު ގޮތްތައް ޒަމާނާއި އެކު ވަނީ ތައާރަފްވެފައެވެ.

ހޯރމޯންތައް މަސަތްކަތް ކުރަނީ ހަށިގަނޑުގައި އިސްތަށިގަނޑު ހެދޭ ވަގުތާއި ތަނާއި، އެއީ ކޮން ވައްތަރެއްގެ އިސްތަށިގަނޑެއް ކަމާއި، އިސްތަށިގަނޑު ހެދޭ ދިގުމިނަށް އަސަރުކޮށްގެންނެވެ. މިސާލަކަށް ފުރާވަރުގެ ދުވަސްވަރު ޓެސްޓޮސްޓިރޯން ފަދަ އެންޑްރޮޖެންސް (އަންހެނުންނަށް ވުރެ ފިރިހެނުންގެ ގައިގައި ގިނައިން ހުންނަ ޖިންސީ ހޯރމޯން) މޫނާއި މޭމަތި، އަތްތިލަ އަދި ޕިއުބިކް ސަރަހައްދުގައި އިސްތަށި އުފެދި، މިހާރު ހުރި ކުރު، ފަނޑު އިސްތަށިގަނޑުގެ ބަދަލުގައި ދިގު ބޯ، ކަލު އިސްތަށިގަނޑެއް އުފައްދައެވެ.ފިރިހެނުން އުމުރުން ދުވަސްވާ ވަރަކަށް، އާންމުކޮށް 40، 50 އަދި 60 ގެ އަހަރުތަކަށް އަޅާވަރަކަށް، އިސްތަށި އިތުރުވުމަށް ޓެސްޓޮސްޓިރޯންގެ އަސަރު، ބައެއް ފަހަރު އުނދަގޫ ގޮތްގޮތަށް ފެންނަން ފަށައިފާނެ އެވެ.

ނޭފަތުގެ އެތެރެ ފަރާތް ނުވަތަ ކަންފަތުގެ ފަށަލަ ފަދަ އިސްތަށިގަނޑުގެ ފޮލިކަލްސް ހުންނަކަން ވެސް ނޭނގޭ ހަށިގަނޑުގެ ބައިތަކުގައި އަހަރުތަކެއް ވަންދެން އުފެދިފައިވާ ޓެސްޓޮސްޓިރޯން އަށް ނާޒުކުވެދާނެ އެވެ. މިކަމުގެ ސަބަބުން އެތަނުގައި ހުންނަ އިސްތަށިއުފެދި ދިގުވެ، އޭގެ ނަތީޖާއެއްގެ ގޮތުން ފާހަގަކުރެވޭ، ވަރަށް އިސްތަށިތައް އުފެދެއެވެ.

 

މިކަމުގައި ޖީންސް ވެސް ދައުރެއް އަދާކުރެއެވެ. ”އެސަރަހައްދުތަކުގައި ޓެސްޓޮސްޓިރޯން އަށް ރައްދުދިނުމުގައި ޖެނެޓިކް ތަފާތުތަކެއް ހުންނަ ކަމަށާއި އެއީ ބައެއް މީހުންނަށް ބޯ، ކަޅުވަރުގަދަ ތުނބުޅިއެއް ލިބޭއިރު ބައެއް މީހުންނަށް ނުލިބޭ ސަބަބެއް،“ ޑރ.އަނަވަލްޓް ވިދާޅުވި އެވެ. އެހެން ގޮތަކަށް ބުނާނަމަ، ފުރިހަމަ ތުނބުޅި ނުވަތަ ނޭފަތުގެ ދިގު އިސްތަށިގަނޑު ބޮޑު ފިރިހެނުންގެ އާއިލާއަަކުން އައިސްފައިވާނަމަ، ތިމާއަށް ނުވަތަ ދަރިފުޅަށް ވެސް މި ސިފަ ވާރުތަވުމުގެ ފުރުސަތު އެބައޮތެވެ.

މިގޮތަށް ބޭކާރުތަންތަނުގައި ފަޅާ އިސްތަށި ނައްތާލުމަށް ލޭޒަރ ބޭނުންކުރެވިދާނެއެވެ. ދިގުދެމިގެންދާ ނަތީޖާއަކަށްޓަކައި ހަށިގަނޑުގެ ބައެއް ބައިތަކުގައި ލޭޒަރ އިން އިސްތަށިގަނޑު ނައްތާލުމަކީ އެތައް ސެޝަނެއްގެ އެހީގައި ކުރެވިދާނެ ކަމެކެވެ. އެކަމަކު ލޭޒާ އެންމެ ރަނގަޅަށް މަސައްކަތް ކުރަން ފަށަނީ ކަޅު (ކުލަމަޑު ނުވަތަނުރަ ނޫން) އިސްތަށިގަނޑަށް ކަމަށާއި ސަބަބަކީ ލޭޒަރ މަސައްކަތް ކުރަނީ އިސްތަށިގަނޑުގައި ހުންނަ ޕިގްމެންޓަށް އަމާޒުކޮށްގެން ކަމަށް ޑރ.ޑޭވެލޫއި ވިދާޅުވިއެވެ.

އިލެކްޓްރޯލައިސިސް ގެއެހީގައިވެސް އިސްތަށި ނައްތާލެވޭނެއެވެ. ފަނޑު ކުލައިގެ އިސްތަށިގަނޑެއް ހުރިނަމަ އިލެކްޓްރޯލައިސިސް ހެދުން މާރަނގަޅެވެ. މި ޕްރޮސީޖަރުގެ ތެރޭގައި ކޮންމެ އިސްތަށިބުޑެއްގެ ތެރެއަށް ކުޑަކުޑަ އިންޖެކްޝަނެއް ޖަހައި، އެތަނުން  ކަރަންޓެއް ދޫކޮށް، އެ ފޮލިކަލް ހަލާކުކޮށް، އިސްތަށި ފެޅުން ހުއްޓުވައެވެ.

 

ވަގުތީ އަދި ޖީބަށްލުއި ހައްލެއް ބޭނުންވާނަމަ އިސްތަށިނައްތާލުމަށް ކުރު މުއްދަތުގެ ހައްލުތަކުގެ ތެރޭގައި ވެކްސް ކުރުމާއި، ޝޭވިންގ އާއި، ކްލިޕް ކުރުމާއި، އިސްތަށިއުފުރުމާއި، އިސްތަށި ނައްތާލުމަށް ބޭނުންކުރާ ކްރީމް ބޭނުންކުރުން ހިމެނެއެވެ.

”ހަމައެކަނި ކްރީމްތަކުގައިވާ އިރުޝާދުތަކަށް ތަބާވާކަން ޔަގީން ކުރަންވީ ސަބަބަކީ އެ ކްރީމްތައް މާގިނައިރު ބެހެއްޓުމުން ހަންގަނޑަށް ގެއްލުން ލިބިދާނެތީ،“ ޑރ.ޑޭވެލޫ ވިދާޅުވި އެވެ. އަދި އުފުރުމާއި ވެކްސް ކުރުމަކީ ތަދުވާ އަދި ހަންގަނޑުން ދިލަނަގާ ކަމެއް ކަމަށާއި އެހެންކަމުން މައްސަލަތަކެއް ދިމާވެއްޖެނަމަ ހަމުގެ ޑޮކްޓަރާ ވާހަކަ ދެއްކުން ރަނގަޅެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!