ބަރަހަނާ ވީޑިޔޯއެއް ނޫޅޭނެ: އަހުމަދު އަބުދުﷲ
ދެންމެ | 31 އޮކްޓޯބަރ 2022

ޝޯޝަލް މީޑިޔާގައި ދައުރުވަމުން ދަނީ އެއްވެސް އަސްލެއް ނެތް ވީޑިއޯއެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ މިރޭ ވިދާޅުވެއްޖެެއެވެ.

ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲގެ ބަރަހާނާ ވީޑިއޯއެއް ކަމަށް ބުނާ ވީޑިއޯއެއް ބަޔަކު ދަނީ ޝޯޝަލް މީޑިޔާގައި ދައުރުކުރަމުންނެެވެ. އެއީ އަންހެނަކާއެކު ވީޑިއޯ ކޯލެއްގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް ކަމަށް ބައެއް މީހުން ޝޯޝަލް މީޑިޔާގައި ވަނީ ބުނެފައެވެ. އެ ތުހުމަތާ ގުޅިގެން ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ދައުރުވަމުން ދަނީ އެއްވެސް އަސްލެއް ނެތް ވީޑިއޯއެއް ކަމަށެވެ. އަދި އެކަމުން ބަރީއަވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑާ ބެހޭ ގޮތުން ދައުރުވަމުން ދަނީ އެއްވެސް އަސްލެއް ނެތް ވީޑިއޯއެއް ކަމުގައި ދަންނަވަން. އިންޝާ ﷲ އަޅުގަނޑު އެކަމުން ބަރީއަވެގެން ވަން،“ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބުދު ﷲ ވިދާޅުވިއެވެ.

ޓުވީޓާގައި އާންމު ކޮށްފައިވާ އެ ވީޑިއޯ ބެލި ބައެއް މީހުން ބުނީ އެ ވީޑިއޯ އިން ފެންނަނީ އެ މެންބަރު ”ތުންފަތުގައި އިނގިލި ޖައްސާފައި ބޮސްދޭ މަންޒަރު ކަަމަށެވެ. އަދި އޭގެ ފަހުން ލަދުވެތި ގުނަވަން ދައްކާ ކަމަށް އެ ވީޑިއޯ ބެލި ބައެއް މީހުން ބުނެއެވެ. މި ވީޑިއޯއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!