އާލިއާ ބަޓް އަންހެން ކުއްޖަކު ވިހައިފި
ދެންމެ | 06 ނޮވެމްބަރ 2022

އާލިއާ ބަޓް އަންހެން ކުއްޖަކު ވިހައިފިއެވެ.

މިއަދު ހެނދުނު އާލިއާ ބަޓް އާއި ރަންވީރު ކަޕޫރު ޗެކްއަޕް އަކަށް ހޮސްޕިޓަލަށް ދިއުމުން އާލިއާ ވަނީ އެޑްމިޓް ކޮށްފައެވެ.

އެމީހުން މީގެ ކުރިން ތައްޔާރުވަމުން ދިޔައީ ފިރިހެން ކުއްޖަކު ލިބޭނެ ކަމަށެވެ. ނަމަވެސް އެމީހުންނަށް ލިބުނީ އަންހެން ކުއްޖެއެވެ.

އާލިއާ ދިޔައީ ސިޒޭރިއަނަކަށް ނުގޮސް ވިހެއުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންވަނުންނެވެ. އަދި އޭނާ މިވަނީ ސިޒޭރިއަނަކަށް ނުގޮސް ވިހާފައެވެ.

އާލިއާ އާއި ރަންވީރު ކައިވެނި ކުރީ މިއަހަރު އޭޕްރީލް 7 ވަނަ ދުވަހުއެވެ.

އާލިއާ ވިހަން ތައްޔާރުވާއިރު އޭނާއާއި ރަންވީރު ކައިވެނިކުރިތާ އަދިވީ އެންމެ 7 މަހެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!