ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އަލުން އެމްޑީޕީއަށް ގުޅިވަޑައިގެންފިއެވެ.
އެމްޑީޕީއިން ވަނީ ރަސްމީކޮށް އެކަން ހާމަކޮށްފައެވެ.
ރީކޯ އެމްޑީޕީއަށް ގުޅިވަަޑައިގަތުމަށްފަހު ފޯމު ހަވާލުކުރައްވައިފައި ވަނީ މިހާރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއެވެ.
އެ ފޯމް ހަވާލުކުރި ވަގުތުގެ ފޮޓޯއެއް އެމްޑީޕީއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ އިރު އެ ފޮޓޯއިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ފެނެއެވެ.
ގުޅުންހުރި ލިޔުންތައް