އިސްރާއީލުން އީރާނަށް ދިން ހަމަލާގައި ބައިވެރިނުވަން: އެމެރިކާ
ދެންމެ | 13 ޖޫން 2025

ޔަހޫދީ ޢަނިޔާވެރި ޢިސްރާއީލުން މިއަދު އިރާނަށް ދިން ޙަމަލާތަކުގައި ބައިވެރިނުވާ ކަމަށް އެމެރިކާ އިން ބުނެފިއެވެ.

ވައިޓް ޙައުސް އިން ބުނިގޮތުގައި އެއްވެސް ޢަސްކަރީ ހަރަކާތެއްގައި އެމެރިކާ ޢެއްވެސް ސިފައިންގެ މީހެއް އަދި އުޅަނދެއް ވެސް ބައިވެރިވެފައި ނުވާނެ ކަމަށެވެ.

ޔަހޫދީ އިސްރާއީލުން މިއަދު ދިން ވަރުގަދަ ހަމަލާތަކުގައި އިރާނުގެ ވެރިރަށް ކައިރީގައިވާ އެކި ސަރަހައްދުތަކަށާއި އެ ގައުމުގެ ނިއުކުލެއަރ ފެސިލިޓީތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!