މާލޭގައި 18 ކެމިކަލް ގުދަން ހުރި ވާހަކަ ދޮގު ކޮށްފި
ދެންމެ | 10 ނޮވެމްބަރ 2022

މާލޭގައި 18 ކެމިކަލް ގުދަން ހުރިކަމަށް ބުނާ ވާހަކަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ދޮގުކޮށްފިއެވެ.

އެޗްޑީސީން ބުނީ މާލޭގައި މިވަގުތު 18 ކެމިކަލް ވެއާރ ހައުސްއެއް ހުރިކަމަށް ބުނެ ލިޔެފައިވާ ހަބަރަކީ އެއްވެސް ސައްޙަ މަޢޫލޫމާތަކަށް ބިނާކޮށް ގެނެސްދީފައިވާ ހަބަރެއް ނޫންކަމަށެވެ. އަދި މިވަގުތު ތިލަފުށީގައި 34 ކެމިކަލް ވެއަރ ހައުސްއެއް ޤާއިމުކުރެވިފައިވާކަމަށާއި އިތުރު 18 ވެއާރ ހައުސްއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އެއްވެސް ހާލަތެއްގައި އެ 18 ވެއާރ ހައުސްއަކީ މިވަގުތު މާލޭގައި ހުރި ތަންތަން ބަދަލު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމުގައި މަޢޫލޫމާތު ދީފައި ނުވާނެކަމަށެވެ. އެހެންކަމުން މިކަހަލަ ހައްސާސް ދަނޑިވަޅެއްގައި އާއްމުންގެ މެދުގައި ބިރުވެރިކަން އުފެދޭގޮތަށާއި ޒިންމާދާރުކަން ކުޑަ ގޮތަކަށް ހަބަރު ފަތުރާ ފަރާތްތަކުން ހަބަރުތައް ގެނެސް ދިނުމަކީ އެ ކުންފުނިން ނުހަނު ހިތާމަ ކުރާކަމެއް ކަމުގައި އެޗްޑީސީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!