އެމްޑީޕީ ޗެއަރޕާޝަން އަދި ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒު އިސްމާލަށް އެމްޑީޕީ މައި ހަރުގެ ހުޅުވަން މަސައްކަތް ކުރުމުން ގޭގެ ވެރިފަރާތުން އެކަން ހުއްޓުވައި ހުއްދަ ނުދިން ހަބަރު ދޮގުކޮށް ގޭގެ ވެރިފަރާތުން ޓުވީޓެއް ކޮށްފައި ވަނީ ސީދާ ފައްޔާޒު އަމުރުކޮށްގެން ކަން ކަށަވަރު ވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެދުނު ފައްޔާޒު ވަނީ އެކިއެކި ފަރާތްތަކަށް ގުޅައި ގޭގެ ވެރިފަރާތް އެކަން ދޮގުކޮށް ޓުވީޓެއް ކުރުމަށް އަންގާފަ އެވެ. އަދި ބަދަލެއްގެ ގޮތުގައި ސަރުކާރުގެ ތެރެއިން ރަގަޅު ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށް ވެސް ފައްޔާޒު ވަނީ ވައުދުވެފަ އެވެ.
as usual a completely fabricated story. @Shafeea_Z has never stated nor intimated any such request and I would like to thank Shafeea for continuing to providing the space to @MDPSecretariat. https://t.co/9NtF5clVJr
— Fayyaz Ismail (@faya_i) November 16, 2022
އެމްޑީޕީ އޮފީހުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީ މައި ހަރުގެ ހުޅުވުމަށް ރައީސް ސޯލިހް އެތައް ފަހަރަކު ވަނީ ފައްޔާޒަށް ދަންނަވާފަ އެވެ. އެހެންނަމަވެސް ޖަގަހަތައް ހިންގާލާނެ ކަމަށް ވިދާޅުވެ ޗެއަރޕާސަން ކަމާއި ހަވާލުވެ ވަޑައިގެންނެވި ފައްޔާޒަށް ވަނީ މާލޭ މައި ހަރުގެ ވެސް ހިންގާލަން ވަނީ ނުކުޅެދިފަ އެވެ.
އެމްޑީޕީ މައި ހަރުގެ ހިންގާ ބިމުގެ ވެރިފަރާތުން ކުރި ޓުވީޓުގައި ބުނެފައި ވަނީ ހަގީގަތް ކަނޑައެޅިގެން އިނގޭއިރު ވެސް ފައްޔާޒާއި އަހުމަދު އަބުދުﷲ ވާހަކަ ނުދައްކާތީ ކަން ބޮޑުވާ ކަމަށެވެ.
ސަފީގާ ޒުބައިރުގެ ޓުވީޓަށް ފަހު ފައްޔާޒު ވެސް ވަނީ ގޭގެ ވެރިފަރާތުން އެއްބާރުލުންދޭ ކަމަށް ބުނެ ޓުވީޓުކޮށްފަ އެވެ.
ދެންމެ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީ މައި ހަރުގެ ހަރަކާތްތައް ހިންގުމަށް ރައީސް ސޯލިހްގެ އަމުރަށް ފައްޔާޒު މަސައްކަތް ފެށުމުން ގޭގެ ވެރިފަރާތް ސަފިއްޔާ ޒުބޭރު ވަނީ ރައީސް ނަސީދުގެ ބަހެއް ނެތި ހަރުގޭ ހަރަކާތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފަ އެވެ.
އެމްޑީޕީ މަޖިލިސް މެމްބަރަކު ވިދާޅުވީ ރީކޯ މޫސަގެ މޭސްތެރިކަމުގެ ދަށުން ހަރުގެ ޖަލްސާތައް ބޭއްވުމަށް ހަރުގެ ސާފް ކުރުމަށް މަސައްކަތް ކުރުމުން އެކަން ވެސް ގޭގެ ވެރިފަރާތުން ހުއްޓުވާފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގޭގެ ވެރިފަރާތުން ފައްޔާޒަށް އަންގާފައި ވަނީ ނަސީދަށް އެއްޗެހި ކިޔަން އެތަން ބޭނުން ނުކުރެވޭނެ ކަމަށެވެ.