ވޯލްޑްކަޕަށް ކީރިތި ރަސޫލާގެ ހަދީޘްފުޅުތަކުންގެ ބިލްބޯޑްތަކުން ގަތަރު މަގުތަކާއި މައިޒާންތައް ފުރާލައިފި
ދެންމެ | 19 ނޮވެމްބަރ 2022

ދުނިޔޭގެ ފުޓްބޯޅަ މުބާރާތް ފެށުމަށް އެންމެ ދުވަހަކަށް ކުޑަތަން ވެފައިވާއިރު ކީރިތި ރަސޫލާގެ ނަބަވީ ހަދީޘްފުޅުތަކާއި އިސްލާމީ ރިވެތި އަހްލާގްގެ ބަސްފުޅުތަކުން ގަތަރުގެ މަގުތަކާއި މައިޒާންތައް ފުރާލައިފި އެވެ.

ގަތަރުގެ މައި މަގުތަކާއި ސޮޕިންގ މޯލްތަކާއި އެހެންވެސް އާއްމް ސަރަހައްދުތަކުގައި ވަނީ އިސްލާމްދީނުގެ ރިވެތި އަހްލާގާއި އިސްލާމްގެ މާތްކަމާއި މަތިވެރިކަން ދައްކުވައިދޭ އެތައް ބިލްބޯޑްތަކެއް ބަހައްޓާފަ އެވެ.

ގަތަރުން ނަގަހައްޓަމުން ގެންދާ އިސްލާމީ އުސޫލުތަކުގެ ސަބަބުން ހުޅަނގުގެ ގައުމުތަކުގެ ރުޅިވެރިކަން އިންތިހާއަށް ގޮސް ވޯލްކަޕް ބޮއިކޮޓް ކުރުމަށް ގޮވަމުން ދިޔަ ނަމަވެސް ގަތަރުން ބުނެފައިވަނީ ވޯލްޑްކަޕަށް ދީން ބަދަލު ނުކުރެވޭނެ ކަމަށެވެ.

ގަތަރުން ވަނީ ސްޓޭޑިއަމްތަކުގައި ބަގުރާ ވިއްކުން މަނާކޮށް އެއްޖިންސުން ގުޅުން ހިންގާ ސިއާރު ފާޅުކުރުން ވެސް އެގައުމުގައި މަނާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!