ހޮރުމޫޒު ބުލޮކޭޑް ހުޅުވާނީ އީރާނުން ދުވާލަކަށް ހޯދާ 500 މިލިޔަނުން ބައެއް ދޭން އެއްބަސްވުމުން: ޓްރަންޕް
ދެންމެ | 22 އޭޕްރިލް 2026

އީރާންއާ ދެކޮޅަށް އެމެރިކާ އިން ހޮރްމޫޒް ކަނޑު އޮޅި ބްލޮކް ކޮށްފައި އޮތް އޮތުން، އިތުރަށް ދަމަހައްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

 

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ އޭނާގެ ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ، ހޮރްމޫޒް ކަނޑު އޮޅި ބަންދު ކުރުމަކީ އީރާން އިން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އެ ކަނޑު އޮޅި ހުޅުވައިގެން ދުވާލަކު 500 މިލިއަން އެމެރިކާ ޑޮލަރު ހޯދަން އީރާން އިން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

 

އެހެންކަމުން ހޮރްމޫޒް ކަނޑު އޮޅި ބަންދުވެއްޖެ ނަމަ، އީރާން އަށް އެ އަދަދުގެ ފައިސާ ގެއްލޭނެ ކަމަށް ވެސް ޓްރަމްޕް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

 

އެއާ އެކު ޓްރަމްޕް ވިދާޅުވީ، ހޮރްމޫޒް ކަނޑު އޮޅި ބަންދު ކުރަން ބޭނުންވާ ކަމަށް އީރާން އިން ބުނީ، އެމެރިކާ އިން އެ ކަނޑު އޮޅި މުޅިން ބްލޮކޭޑް ކޮށްފައިވާތީ އެކަން ފޮރުވަން ވެގެން ކަމަށެވެ. އީރާން އިން ބޭނުން ވަނީ އެކަމުން އެ ޤައުމުގެ ނަން ސަލާމަތް ކުރަން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

 

އިތުރަަށް ޓްރަމްޕް ވިދާޅުވީ، އީރާން އިން ބޭނުން ވަނީ މުޅިން ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލަން ކަމަށް ބައެއް މީހުން މީގެ ހަތަރު ދުވަސް ކުރިން އޭނާ ގާތު ބުނެފައިވާ ކަމަަށެވެ. އެކަމަކު، އެ ކަނޑު އޮޅި ހުޅުވާލައިފި ނަމަ، އީރާން އާއެކު އެއްވެއް އެއްބަސްވުމަކަށް ވާސިލު ނުވެވޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

 

އެގޮތުން އީރާން އާއެކު އެއްބަސްވުމަކަށް ވާސިލުވުމަށް ބޭނުންވާ ނަަމަ، އެ ޤައުމުގެ ބާކީ ހުރި ސަރަހައްދު ތަކާއި، އެ ޤައުމުގެ ލީޑަރުން ވެސް ހިމެނޭ ގޮތަށް ބޮމުން ހަމަލާދީ ނައްތާލަން ޖެހޭ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

 

ހޮރްމޫޒް ކަނޑު އޮޅ އަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ މުހިންމު އެއް ހިސާބެވެ. މި ކަނޑު އޮޅި ބަންދުވުމުން ދުނިޔޭގެ ތެލިުގެ ވިޔަފާރި އަށް ބޮޑެތި ނޭދެވޭ ނަތީޖާ ތަކެއް ކުރިމަތިވަމުން އާދެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!