ދިވެހި ހަޒާނާ ހުސްވެފައި ވަނިކޮށް، އަސްކަރީ އުޅަނދެއްގައި މާރިޔާގެ ދެމަފިރިން ޓައިޓޭނިކް ކުޅުއްވައިފި
ދެންމެ | 04 ޑިސެމްބަރ 2022

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ފިރިކަލުންނާ އެކު ފިލްމު ”ޓައިޓޭނިކް“ ކުޅުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަނީ ޑައިރެކްޓަރު ޖޭމްސް ކެމަރޮންގެ 1997 ގެ ފިލްމު ”ޓައިޓޭނިކް“ ގައި އޭގެ ތަރިން ކަމަށްވާ ލިއޮނާޑީ ޑި ކެޕްރިއޯ (ޖެކް) އާއި ކޭޓް ވިންސްލެޓް (ރޯޒް) ގެ އައިކޮނިކް މަންޒަރެއް ކަމަށްވާ ބޯޓްގެ ދިރުނބާކޮޅުގައި ކޮއްޅަށް ތިބެގެން ދެ އަތް ވައިގެ ތެރެއަށް ވިހުރައިލާ މަންޒަރު ކޯސްޓް ގާޑް އުޅަނދެއްގައި މާރިޔާގެ ދެކަނބަކުން ކޮޕީކުރައްވަން މަަސައްކަތްކުރައްވާ ތަނެވެ.

”ޓައިޓޭނިކް“ ގެ މި މަންޒަރަކީ އެ ފިލްމުގެ ހަނދާންތަކާ އެންމެ ބޮޑަށް ގުޅިފައިވާ ”ވަރަށް އަސަރު ގަދަ ލޯބީގެ މަންޒަރެ“ ކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!