’ލިވާތު ސްޓަރ‘ އަލަމްގިރީގެ ޓުވީޓަރ ހޭންޑަލް ޓުވީޓަރ އިން ވެރިފައި ކޮށްފި
ދެންމެ | 04 ޑިސެމްބަރ 2022

އެއްޖިންސުން ގުޅުން ހިންގިކަމަށް އެއްބަސްވެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ އަލްމްގީރު ނަމުގައި ޓުވީޓަރގައި ހުޅުވާފައިވާ ހޭންޑަލް ޓުވިޓާއިން ވެރިފައި ކޮށްފި އެވެ.

ދިވެހި ބަހުން ގިނަ ލިޔުންތަކެއް ހިމަނާފައިވާ ޓުވީޓަރ ހޭންޑަލް ވެރިފައި ކޮށްފައިވާއިރު އެ ހޭންޑަލްގައި މައިގަނޑުކޮށް ޓުވީޓުކޮށްފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ނެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އަލަމްގީރުގެ މައްޗަށް ކުރި ހުރިހާ ދައުވާއަށްވެސް އިއުތިރާފުވުމުން ޖަލު ހުކުމަކާއިއެކު ތައުބާ ލާދީފައިވެއެވެ.

އަލްމްގީރު ހައްޔަރުކުރީ، ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ، ގިނަ ބަޔަކު ބްލެކްމެއިލްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް މީގެ ކުރިން ފުލުހުން ބުނެފަ ވެއެވެ.

އޭނާގެ ފޯނުން 50 އަށްވުރެ ގިނަ ދިވެހީންނާއިއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ފުލުހުން އަތުލާފައިވާ ކަމަށްވެސް ވެއެވެ.

މި ވީޑިއޯތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން، މެރިން ކޮޕްސްގައި މަސައްކަތް ކުރާ ސިފައިންގެ މީހަކާއި، ޓީޗަރުުން ތަކެއް ސަސްޕެންޑް ކޮށްފައިވާއިރު، ހޯމް މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން، ކަސްޓަމްސް ދެ މުވައްޒަފަކާއި، މަޖިލީހުގެ އިދާރީ މުވައްޒަފެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ވަރަށްފަހުން، ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު، އަލަމްގީރާއެކު ގުޅުން ހިންގާ ވީޑިއޯއެއްވެސް ވަނީ ލީކުވެފަ އެވެ. އޭނާ މިހާރު ވަނީ ފިލައިގެން ރާއްޖެ ބޭރަށްގޮސްފަވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!