އިންޑޮނޭޝިޔާގައި ކައިވެނި ނުކޮށް ހިތާވެގެން ގަނޑުގަންނަ މީހުން ޖަލަށް ލަނީ
ދެންމެ | 06 ޑިސެމްބަރ 2022

އިންޑޮނޭޝިއާގައި ކައިވެނިން ބޭރުގައި ޖިންސީ ގުޅުން ހިންގުން މަނާކޮށް، ކައިވެނިނުކޮށް ދެޖިންސުގެ މީހުން އެކުގައި އުޅުން މަނާކުރަން ނިންމައިފިއެވެ.

އިންޑޮނޭޝިއާގެ ގާނޫނަށް ގެނެވޭ މިބަދަލާއިއެކު ކައިވެނިން ބޭރުގައި ޖިންސީ ގުޅުން ހިންގާ ފަރާތްތަކަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ. އަދި ކައިވެނިނުކޮށް، ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފަރާތްތަކުން އެކުގައި އުޅުން މަނާކުރެވޭނެއެވެ.

މިގާނޫނު ފާސްވެއްޖެނަމަ، މިގާނޫނާ ހިލާފުވާ އިންޑޮނޭޝިއާގެ ރައްޔިތުންގެ އިތުރުން އެގައުމަށް ޒިޔާރަތް ކުރާ، އަދި ދިރިއުޅޭ ފަތުރުވެރިންވެސް ހިމެނޭނެހެން މިގާނޫނުގެ ދަށުން އަދަބުދެވޭއެވެ.

މީގެ ކުރިންވެސް ކައިވެނިން ބޭރުން ޖިންސީ ގުޅުން ހިންގާ ފަރާތްތަކާއި ދެކޮޅަށް ހަރުކަަށި އަދަބުދޭ އިންޑޮނޭޝިއާގެ ގާނޫނުތައް މިކަންކަމާއި ގުޅުވައިގެން އިތުރަށް ހަރުކަށިކޮށް، އެގައުމުގެ ރައްޔިތުންގެ އިތުރުން އެގައުމަށް ޒިޔާރަތްކުރާ ފަރާތްތަކާއި ދެކޮޅަށްވެސް ހަރުކަށި ފިޔަވަޅު އެޅުމާމެދު ގިނަބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. މީގެތެރޭގައި ގިނައީ އެގައުމުގައި ފަތުރުވެރިކަން ކުރިއަރުވާ ފަރާތްތައްކަން މިޑިއާ ރިޕޯޓުތަކުން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
  1. zoritoler imol

    I very delighted to find this internet site on bing, just what I was searching for : D too saved to my bookmarks.

    https://www.zoritolerimol.com